Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ކޫއްޑޫ ފިޝަރީޒްގެ ކުރިއެރުން ގެއްލިއްޖެ: ސައުދު

މެންބަރު ސައުދު ދާއިރާގެ ރައްޔިތުންނާއި އެކު ބޭއްވި ބައްދަލުވުމެއްގައި.

ކޫއްޑޫ ފިޝަރީޒްގެ ކުރިއެރުމާއި މެދު އުއްމީދު ގެއްލިފައިވާ ކަމަށް ވިދާޅުވެ، ގއ.ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ޙުސައިން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ސައުދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ކޫއްޑޫ ފިޝަރީޒްގެ ކުރިއެރުމާއި މެދު މުވައްޒަފުންނާއި ގއ. އަތޮޅުގެ ރައްޔިތުންގެ އުއްމީދު ގެއްލިފައިވާ ކަމަށެވެ.

"ރާއްޖޭގެ އެންމެ ބޮޑު އެކްސްޕޯޓް އިންޑަސްޓްރިއަލް އައިލޭންޑް ކޫއްޑޫ ފިޝަރީޒްގެ ކުރިއެރުމާއި މެދު މުވައްޒަފުންނާއި ގއ.އަތޮޅުގެ ރައްޔިތުންގެ އުއްމީދު މިވަނީ ގެއްލިފައި"

ކޫއްޑޫ ފިޝަރީޒްގެ ކުރިމަގާއި މެދު މެންބަރު ސައުދު ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، މިފްކޯ އާއި މެދު ދެކުނުގައި ހަރަކާތްތެރިވާ މަސްވެރިންގެ ޝަކުވާތައް ވެސް އިތުރުވެފައިވާކަން ފާހަގަކޮށްލެވެއެވެ.