Last Updated: June 26, 17:28
Friday, June 26, 2026
ޚަބަރު

ގެއްލުނު ބިދޭސީ މީހާ މަރުވެފައި އޮތްވާ ފެނިއްޖެ

ބިދޭސީ މީހާގެ ހަށިގަނޑު އެމްބިއުލާންސަށް އަރުވަނީ: ފޮޓޯ- ރާއްޖެ އެމްވީ

ލ.ފޮނަދޫ އިން ވީނުވީއެއް ނޭނގި ހޯދަމުން ދިޔަ ބިދޭސީ މީހަކު މަރުވެފައި އޮތްވާ ފެނިއްޖެއެވެ.

މިދިޔަ ހޯމަ ދުވަހުއްސުރެން ގެއްލިގެން ހޯދަމުން ދިޔަ މިބިދޭސީ މީހާ ފެނިފައިވަނީ އެރަށުގެ އަތިރިމަތިން ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

ކޮންސްޓްރަކްޝަން މަސައްކަތުގައި އުޅޭ ބިދޭސީ މީހާއަކީ ފޮނަދޫ މީހަކު ރާއްޖެއަށް ގެނެސްފައި ހުރި މީހެކެވެ. އެރަށު ކައުންސިލުން ބުނެފައިވާގޮތުގައި މަރުވި ބިދޭސީ މިހާ ފޮނަދޫގައި މަސައްކަތް ކުރާތާ ވަރަށް ގިނަ ދުވަސް ވެފައިވާ ކަމަށެވެ.

ބިދޭސީ މީހާ މަރުވި ސަބަބެއް އަދި އެނގިފައިނުވާއިރު ފުލުހުން އަންނަނީ މިހާރު މިމައްސަލަ ތަހުގީގު ކުރުން ފަށާފައެވެ.