Last Updated: June 26, 17:28
Friday, June 26, 2026
ރިޕޯޓް

ވަޒީފާއަކީ މުސާރަ އަށް ޗުއްޓީ ހޭދަ ކުރުން!

ވަރަށް ގިނަ މީހުންނަކީ ވަޒީފާގެ ބުރަކަން ތަހައްމަލް ކުރަން ޖެހި އަބަދު ޗުއްޓީއެއް އެދިއެދި ތިބޭ މީހުންނެވެ. "ތާޑްހޯމް" ނަމަކަށް ކިޔާ ކުންފުންޏަކުން 10،000 ޑޮލަރުގެ މުސާރައަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށް ޗުއްޓީ ހޭދަކޮށްލާނެ ފަރާތެއް ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

މިދިޔަ ހުކުރު ދުވަހު ތާޑްހޯމް އިން އިއުލާން ކުރި އެންމެ ފަހުގެ ވަޒީފާގެ ފުރުސަތުގައި ހުޅުވާލާފައިވަނީ "ވެކޭޝަން ހޯމްސް" ތަކަށް ދަތުރުކޮށް އެ ދަތުރާއި ބެހޭ ގޮތުން ލިޔެ އަދި ފޮޓޯ ނަގައި ބްލޮގް ކުރާނެ ފަރާތެއް ހޯދުމަށެވެ.

ތިން މަސް ދުވަހަށް ދެމިގެންދާ މި ވަޒީފާ އަދާކުރުމަށް ހޮވޭ ފަރާތަކަށް ތާޑްހޯމް އިން ކޮންމެ މަހަކު 10،000 ޑޮލަރު މުސާރައަކަށް ކަނޑައަޅާފައިވެއެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ކުރާ ދަތުރުތަކުގެ ޚަރަދާއި ކެއުން ފަދަ އެންމެހާ ޚަރަދުތައްވެސް ފޯރުކޮށްދޭނީ ތާޑްހޯމުންނެވެ.

މިވަޒީފާ އަށް އެދޭ ފަރާތްތަކުން ކުރަން ޖެހޭ ކަމަކީ އެއް މިނެޓުގެ ވީޑިއޯ ކުލިޕެއްގައި އެމީހަކު ވަޒީފާއަށް ހޮވެންވީ ސަބަބެއް ބަޔާންކޮށްދީ، [email protected] މެއިލް ކޮށްލުމެވެ.

މިވަޒީފާ ހޯދުމަށް ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި އިނގިރޭސި ބަސް ރަނގަޅަށް ބޭނުން ކުރަން އެނގުމާއި ސޯޝަލް މީޑިޔާއާއި ރަށްޓެހި މީހަކަށް ވުމުގެ އިތުރުން ދަތުރު ކުރުމަކީ ގަޔާވާ ކަމެއް ކަމުގައި ވާން ޖެހެއެވެ.