Last Updated: June 25, 18:03
Thursday, June 25, 2026
ޚަބަރު

ބިދޭސީ މީހާގެ މަރުގެ މައްސަލާގައި 3 ބިދޭސީއަކު ހައްޔަރުކޮށްފި

ބިދޭސީ މީހާގެ ހަށިގަނޑު އެމްބިއުލާންސަށް އަރުވަނީ: ފޮޓޯ- ރާއްޖެ އެމްވީ

މީގެ ތިން ދުވަސްކުރިން ލ. ފޮނަދޫން ވީނުވީއެއް ނޭގި ގެއްލިގެން ހޯދަމުން ދިޔަ ބިދޭސީ މީހާ މަރާލުމަށްފަހު އެއްލާލާފައި އޮތްވާ ފެނުނު މައްސަލާގައި 3 ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފިއެވެ.

ފޮނަދޫ ގޮޑު ދޮށުން އިއްޔެ މެންދުރު 12:45 ހާއިރު މަރާލާފައި އެއްލާލާފައި އޮތްވާ ފެނިފައިވަނީ ބަންގްލަދޭޝްގެ އުމުރުން 29 އަހަރުގެ ފިރިހެނެކެވެ. އޭނާ މަރާލާފައިވާކަމަށް ތުހުމަތު ކުރެވޭކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިހާދިސާ އާއި ގުޅިގެން ތިން ބިދޭސީއަކު ހައްޔަރުކުރި ކަން ފުލުހުން ހާމަކޮށްފައިވަނީ މިއަދު ހެނދުނު ކުރި ޓްވީޓެއްގައެވެ.