އުމުރުން 16-14 ދެމެދުގެ ކުޅުންތެރިންނަށް އީގަލްސް ފުޓްބޯލް ކުލަބުގެ 16 އަހަރުން ދަށުގެ ޓީމާއި ގުޅުމަށް ފުރުސަތު ހުޅުވާލައިފިއެވެ.
ޒުވާން ކުޅުންތެރިންނަށް އެންމެ ބޮޑު އިސްކަމެއް ދީގެން ކުރިއަށް ގެންދާ ކުލަބު، އީގަލްސް އިން ވަނީ މިރޭ 19:00 އިން 20:30 އަށް ޓާފު ދަނޑަށް ސްކައުޓު ކުރުމަށް ޝައުގުވެރިވާ ކުދިންނަށް ފުރުސަތު ހުޅުވާލާފައެވެ.
ގިނަ އަދަދެއްގެ ޒުވާން ކުޅުންތެރިން އީގަލްސްގެ ސީނިއާ ޓީމަށްވެސް ކުޅެމުންދާއިރު އީގަލްސްއަކީ ދިވެހި ފުޓުބޯޅައިގެ ކުރިމަގު ބިނާވެގެންދާނެ ގިނަ ޒުވާން ކުޅުންތެރިންނެއް ތަމްރީނު ކުރަމުން އަންނަ ޓީމެކެވެ.
ފުޓުބޯޅަ ކުޅުމަށް ލޯބި ކުރާ ޒުވާނުން ޕްރޮފެޝަނަލް ކެރިއަރު ފެށުމަށް އީގަލްސް 16 އަހަރުން ދަށުގެ ޓީމާއި ގުޅުމަކީ ރަނުގެ ފުރުސަތަކަށް ވެގެންދާނެއެވެ.
އިތުރު މައުލޫމާތު ހޯއްދެވުމަށް 7749315، 7555757 އަދި 7899828 އަށް ގުޅުމަށް އީގަލްސް އިން އެދިފައިވެއެވެ.