ދިވެހި ރާއްޖޭގެ ވެރިކަން ކުރައްވާފައި ތިއްބެވި ބޭފުޅުންނަކީ ރައުސްމާލުން ކަމަށާއި އެބޭފުޅުންނަށް އިހުތިރާމު ކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ ރައީސް ޔާމީން ފެކްޝަނަށް ނިސްބަތްވާ ސައުދު މިހެން ވިދާޅުވެފައިވަނީ އޭނާގެ ޓުވިޓާ އެކައުންޓުގައި ކުރި ޓުވީޓަކުންނެވެ.
Kureege Raeesunah miadh nukuri ihuthiraameh Maadhama nukureveyne. Kureege Raeesunakee gaumuge siyaasee enme bodu Rausul Maalu.
Plz Respect! pic.twitter.com/GSmKMAb892— Saud Hussain MP (@SaudVillingili) March 31, 2017
ސައުދު މިހެން ވިދާޅުވެފައިވަނީ ރޭ ފުލުހުން ރައީސް މައުމޫން ކުއްޔަށް ހިފާފައިވާ އޮފީހަށް ވަދެ އެތަނުގެ ނަން ބޯޑާއި ދިދަ ގެންގޮސްފައިވަނިކޮށެވެ.
ޕީޕީއެމް އުފެއްދި، އެޕާޓީގެ ބާނީ، ރައީސް މައުމޫން ޕާޓީގެ މެމްބަރު ކަމުން ސުލޫކީ ކޮމިޓީއިން ފާސްކޮށް، ވަކިކޮށްފައިވާއިރު ޕީޕީއެމްގެ ގިނަ މެމްބަރުން އަދިވެސް ގަބޫލުކުރައްވަނީ ރައީސް މައުމޫނަކީ އެޕާޓީގެ ރައީސް ކަމުގައެވެ.
ރައީސް މައުމޫން ޕީޕީއެމް އިން ވަކިކުރި ނަމަވެސް މައުމޫނަށް ތާއީދުކުރައްވާ ބޭފުޅުން ބުނެފައިވަނީ މައުމޫން ވަކިކޮށްފައިވަނީ ޕާޓީގެ އަސާސީ ގަވާޢިދާއި ޚިލާފަށް ކަމަށެވެ.