Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ގެޓްސެޓް ލޯނަށް ފުރުސަތު ހުޅުވާލައިފި

ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް ސަރުކާރުން ފަށާފައިވާ ގެޓްސެޓް ލޯނު ޕްރޮގްރާމުގެ 2 ވަނަ ބުރުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

"ގެޓް ސެޓް" ޕްރޮގްރާމުގެ ދެ ވަނަ ބުރުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އިކޮނޮމިކް މިނިސްޓްރީ މިހާރު ވަނީ އެޕްލިކޭޝަން ފޯމު ދޫކުރަން ފަށާފައެވެ.

އިކޮނޮމިކް މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި "ގެޓް ސެޓް" އެޕްލިކޭޝަން ފޯމުގެ ސޮފްޓް ކޮޕީ އެމިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ. އަދި އެޕްލިކޭޝަން ފޯމުގެ ހާރޑްކޮޕީ މާލޭގައި ހުންނަ އެ މިނިސްޓްރީގެ އޮފީހުންނާއި، އެ މިނިސްޓްރީން އަތޮޅުތަކުގައި ޤާއިމުކޮށްފައިވާ ބިޒްނަސް ސެންޓަރުތަކުން ލިބެން ހުންނާނެ ކަމަށެވެ.

ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އޭޕްރިލް މަހުގެ 16 އިން ފެށިގެން 27 ގެ ނިޔަލަށް ކަމަށް އިކޮޮނޮމިކް މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.

ގެޓްސެޓު ލޯން ޕްރޮގްރާމްގެ ފުރަތަމަ ބުރު ކުރިއަށް ގެންގޮސްފައިވަނީ 2015 ވަނަ އަހަރުގައެވެ. އެ ފަހަރު ކުރިމަތިލި 500 އަށް ވުރެ ގިނަ ޒުވާނުންގެ ތެރެއިން ގެޓްސެޓް ލޯނު ލިބިފައިވަނީ 72 ޒުވާނުން ނަށެވެ.