ރައީސް އަބްދުﷲ ޔާމީން އަށް ރައީސް ކަމާއި ޕާޓީ އަކާއި ދިދަ ވެސް ހޯދައި ދޭން ޖެހެނީ ކޯޓުން ކަމަށް މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
މާރިޔާ މިގޮތަށް ވިދާޅުވެފައި ވަނީ ޕީޕީއެމްގެ ރައީސް މައުމޫންގެ އޮފީހުގައި ހުރި ޕީޕީއެމްގެ ނަން ބޯޑާއި އެޕާޓީގެ ދިދަ ފުުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާތީ އެކަމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
"ރައީސް ޔާމީން އަށް ރައީސް ކަމާއި، ޕާޓީ އަކާއި ދިދަ އަކާއި ސިއްކަ އެއްވެސް ހޯދައިދޭން ޖެހެނީ ކޯޓުން. ރައްޔިތުންގެ ސަޕޯޓު ނެތްކަމުގެ ހެކިތައް." -މެމްބަރ މާރިޔާ ދީދީ-
Raees Yameen ah Raees kamai, Party akai, dhidha akai sikka ehvias mi hoadhaidheyn jehenee Courtun! Rayithunge support neiykamuge hekithah! https://t.co/OI0qcdX6hF
— Mariya Didi (@MariyaDidi) March 31, 2017
ރައީސް މައުމޫން ޕީޕީއެމްގެ ދިދަ އާއި ލޯގޯ އަދި ނަން ބޭނުން ކުރައްވައިގެން ހިންގަވާ ހަރަކާތްތައް ހުއްޓުވުމަށް ސިވިލް ކޯޓުން ވަނީ ފުލުހުންގެ މައްޗަށް އަމުރުކޮށްފައެވެ.
މައުމޫންގެ އޮފީހުގައި ހުރި ބައެއް ތަކެތި ފުލުހުން ގެންދިއުމާއި ގުޅިގެން މައުމޫން ވިދާޅުވެފައި ވަނީ، އެމަނިކުފާނު ކުއްޔަށް ހިފާފައިވާ އޮފީހަށް ހުއްދަ ހޯދުމެއްނެތި ވަދެ ގެއްލުން ދީފައިވާ ކަމަށާއި ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާ ކުރާނެ ކަމަށެވެ.