Last Updated: June 26, 17:28
Friday, June 26, 2026
ޚަބަރު

ކެމްޕޭން ފަށައި، ޕީޕީއެމް ޓީމްތައް އަތޮޅުތަކަށް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ޕީޕީއެމްގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުންގެ ރަސްމީ ކެމްޕޭނު މިއަދު ފަށައި ޓީމުތަކަށް ބަހާލެވި އަތޮޅުތަކަށް ދަތުރު ފަށައިފިއެވެ.

މިޓީމުތަކުގައި ސަރުކާރުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އެހެނިހެން ސަރުކާރުގެ އިސް ބޭފުޅުން ވަނީ ޕީޕީއެމްގެ ކެންޑިޑޭޓުންގެ ކެމްޕޭނުގައި ބައިވެރިވުމަށް ފުރާފައެވެ.

ޕީޕީއެމްއިން ބުނާ ގޮތުގައި މިފަހަރުގެ ދަތުރުގެ އަމާޒަކީ ހުރިހާ އަތޮޅުތަކަށް ދަތުރުކޮށް ރައްޔިތުންނާއި ބައްދަލުކޮށް ދިމާވެފައިވާ ދަތިތަކާއި ސަރުކާރުން ދަތިތައް ހައްލުކުރުމަށް ކުރާ މަސައްކަތުގެ މައުލޫމާތު ފޯރުކޮށްދިނުމެވެ.

ޕީޕީއެމްގެ 522 ކެންޑިޑޭޓަކަށް ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް ޓިކެޓު ދީފައެވެ. އަދި ޕާޓީއިން ވަނީ ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ނިންމާފައެވެ.