Last Updated: June 5, 11:07
Friday, June 5, 2026
ރިޕޯޓް

100ރ. ގެ ވިޔަފާރިކޮށްގެން ބެންކޮކަށް!

ފޭދޫ "އީޒީ އެކްސް" ފިހާރައިން 100ރ. ގެ ވިޔަފާރިކޮށްގެން، ގުރުއަތުން އެއް ވަނަ އަށް ހޮވޭ މީހަކަށް ބެންކޮކް ދެކޮޅު ޓިކެޓް ލިބޭ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

މިއަދުން ފެށިގެން އަންނަ ޖޫން މަހުގެ ނިޔަލަށް ކުރިއަށް ގެންދާ ރޯދަ ޕްރޮމޯޝަނުގައި ގުރުއަތުން އެއް ވަނަ އަށް ހޮވޭ މީހަކަށް ބެންކޮކް ދެކޮޅު ޓިކެޓް ދެނީ ހަތަރު ދުވަހުގެ ހުރުމާ ވެސް އެކުގަ އެވެ.

މި ޕްރޮމޯޝަނުގެ ދެވަނަ އިނާމަކަށް ހުށަހަޅާފައި ވަނީ ކޮލޮމްބޯ ދެކޮޅު ޓިކެޓެވެ. އެ ވެސް ހަތަރު ދުވަހުގެ ހުރުމާ އެކުގަ އެވެ.

ތިން ވަނަ އިނާމަކަށް ހުށަހަޅާފައި ވަނީ 1،500ރ. ގެ ގިފްޓް ވައުޗާއެކެވެ.

ފޭދޫ ބޮޑުމަގުގައި ހުންނަ އީޒީ އެކްސްއަކީ އާންމު ދިރިއުޅުމަށް ބޭނުންވާ ގިނަ ތަކެތި ވިއްކަމުން އަންނަ ފިހާރައެކެވެ. މި ފިހާރަ ހުޅުވީ 2014 ގަ އެވެ.

މިއީ އެތަން ހުޅުވި ފަހުން، މިހާ ބޮޑު އިނާމްތަކެއް ދޭ ފުރަތަމަ ޕްރޮމޯޝަންކަން ފާހަގަކޮށްލެވެ އެވެ.