ޖުމްހުރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް އާއި ގުޅޭ ގޮތުން ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން އެމަނިކުފާނު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފިއެވެ.
ގާސިމް ފުލުސް އޮފީހަށް ހާޒިރުވިއިރު އެމަނިކުފާނާއި އެކު އިދިކޮޅު ސިޔާސީ ހަރަކާތުގެ އިސް ބޭފުޅުންވެސް ވަޑައިގެންނެވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދޭން އުޅުމުގެ ތުހުމަތުގައި އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެން ކަމަށް ބުނެ މިދިޔަ ހަފުތާގައި ވެސް ގާސިމް ވަނީ ޕޮލިހަށް ހާޒިރުކޮށްފައެވެ.
ގާސިމް ފުލުސް އޮފީހަށް ހާޒިރުކޮށްފައިވާއިރު ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަބްދުﷲ ރިޔާޒު ވެސް ފުލުސް އޮފީހަށް މީގެކުރިން ވަނީ ދެ ފަހަރެއްގެ މަތިން ހާޒިރުކޮށްފައެވެ.
ގާސިމް ފުލުހަށް ހާޒިރު ކުރުމާއި ގުޅިގެން އިދިކޮޅު އިއްތިހާދުގެ ވެރިން މިވަގުތު ތިއްބެވީ އެމްއެމްއޭ ސަރަހައްދުގައެވެ.