Last Updated: July 27, 18:03
Monday, July 27, 2026
ކުޅިވަރު

ދުވަސްވީ މީހުން ރިޓަޔަ ކުރުމަކީ މަރުވުން: ވެންގާ

އުމުރުން ދުވަސްވީ މީހުން ރިޓަޔަރކުރުމަކީ މަރުވުން ކަމަށް އާސެނަލްގެ ކޯޗް އާސެން ވެންގާ ބުނެފި އެވެ.

އިނިގިރޭސި ލީގުގެ 6 ވަނަ މަގާމުގައި މިވަގުތު އޮތް އާސެނަލް އިން ފަހަކަށް އައިސް ހޯދަމުން ގެންދާ ދަށް ނަތީޖާ ތަކާއި ގުޅިގެން އެ ކްލަބްގެ ސަޕޯޓަރުންގެ ފާޑުކިޔުންތައް ވެންގާއަށް ވަނީ އަމާޒުވެފައެވެ.

"ރިޓަޔަރ ކުރުމަކީ ޒުވާނުންނަށް އޮތް ކަމެއް، އަހަރުމެން ކަހަލަ ދުވަސްވީ މީހުންނަށް ރިޓަޔަރ ކުރުމަކީ މަރުވުން" – އާސެން ވެންގާ-

އާސެނަލްގެ ސަޕޯޓަރުންގެ ނުރުހުން އަމާޒުވި ނަމަވެސް 1996 ވަނަ އަހަރުން ފެށިގެން އާސެނަލްގެ ކޯޗުކަން ކުރަމުންދާ ވެންގާ ބުނެފައި ވަނީ ރިޓަޔަރ ކުރުމުގެ ވިސްނުމެއް މިހާރު އޭނާގެ ނެތް ކަމަށެވެ.

އާސެނަލްއަށް ވެންގާ ކޯޗުކަން ކޮށްދެމުން ގެންދާތާ 20 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، އެޓީމަށް އިނގިރޭސި ލީގު ކާމިޔާބު ނުކުރެވޭތާ 13 އަހަރު ވަނީ ވެފައެވެ.

މި ސީޒަންގެ ނިޔަލަށް ވެންގާ އާސެނަލް އާއި އެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނެއެވެ. އެހެން ނަމަވެސް އާސެނަލް އިން ވަނީ އިތުރު 2 އަހަރުގެ ކޮންޓްރެކްޓެއް ވެންގާއަށް ހުށަހަޅާފައެވެ.

މަސްދަރު: ބީބީސީ