Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

އަބަދުވެސް ހުންނާނީ ރައްޔިތުންގެ ހިދުމަތުގައި: މައުމޫން

ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ގާނޫނު އަސާސީން ލިއްބައިދޭ އެއްވެސް ހައްގެއް ދޫކޮށް ނުލައްވާނެ ކަމަށާއި އަބަދުވެސް ހުންނަވާނީ ރައްޔިތުންގެ ޚިދުމަތުގައި ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ، އާދިއްތަ ރޭ ކުރެއްވި ޓުވީޓެއްގައެވެ.

"ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ގާނޫނު އަސާސީއިން އަޅުގަނޑަށް ލިބިދޭ އެއްވެސް ހައްގެއް ދޫކޮށެއް ނުލާނަން. އިރާދަ ކުރެއްވިއްޔާ އަޅުގަނޑު އަބަދުވެސް ހުންނާނީ ރައްޔިތުންގެ ހިދުމަތުގައި"، ބޭސް ފަރުވާއަކަށް މިވަގުތު އިންޑިޔާގެ ބެންގަލޫރުގައި ހުންނެވި މައުމޫން ކުރެއްވި ޓްވީޓްގައިވެއެވެ.

ޕީޕީއެމް ރައީސް ޔާމީން ފެކްޝަނުން ބޭއްވި ސްލޫކީ ކޮމިޓީން ވަނީ އެޕާޓީގެ ރައީސްގެ މަޤާމުން ރައީސް މައުމޫން ވަކި ކުރައްވާފައެވެ. އެހެން ނަމަވެސް އެ ނިންމުން ނިންމާފައި ވަނީ ޕީޕީއެމްގެ ހިންގުމުގެ ގަވާއިދާއި ޚިލާފަށެވެ.

ޕީޕީއެމްގެ އަސާސީ ގަވާއިދުގައި ބުނެފައިވާ ގޮތުން ޕާޓީ ހިންގުމުގެ އެއްވެސް މަސްއޫލިއްޔަތެއް މުސްތަޝާރަށް ނުއުފުލޭނެ އެވެ.