Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ކުޑަކުއްޖަކަށް ޖިންސީ "ގޯނާކޮށްގެން" މީހަކު ހައްޔަރުކޮށްފި

ފުލުހުންގެ މައި އިދާރާ. އައްޑޫލައިވް ފޮޓޯ: އަލީ ހުޒާމް

ކުޑަ އަންހެން ކުއްޖަކަށް ތަކުރާރުކޮށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް މީހަކު ގެންގޮސްފިއެވެ.

ފުލުހުންގެ ވެބްސައިޓްގައި ބުނެފައިވާ ގޮތުގައި އެމައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ 32 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އެ މީހާ ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ފާއިތުވި މާރިޗް މަހުގެ 28 ވަނަ ދުވަހުއެވެ. އަދި އެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހދ.ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 07 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

ކުޅުދުއްފުށިން ވާހަކަ ދެއްކި މީހަކު 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނި ގޮތުގައި އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ އާންމު ފަރާތަކުން ކުރި ރިޕޯޓަކާއި ގުޅިގެން ކަމަށެވެ.