Last Updated: June 11, 22:21
Thursday, June 11, 2026
މުނިފޫހިފިލުވުން

"މެޑްރާސް ކެފޭ" އޮގަސްޓް 30 ގައި

މިދިޔަ އަހަރުގެ އެންމެ ކާމިޔާބް އެއްް ފިލްމް ކަމަށްވާ "ވިކީ ޑޯނާ" ގެ ޕްރޮޑިއުސަރު/އެކްޓަރު ޖޯން އަބްރަހަމްގެ ދެވަނަ ޕްރޮޑަކްޝަން "މެޑްރާސް ކެފޭ" އޮގަސްޓް 30 ގައި ރިލީޒް ކުރާ ގޮތަށް ހަމަޖައްސައިފި އެވެ.

މިކަން ޖޯން ވެސް ވަނީ ކަށަވަރުކޮށް ދީފަ އެވެ. މި އަހަރުގެ ފުރަތަމަ ހިޓް ކަމަށްވާ "ރޭސް 2" ގައި މުހިއްމު ރޯލެއް އަދާކޮށްފައިވާ ޖޯން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ "މެޑްރާސް ކެފޭ" އަކީ "ވިކީ ޑޯނާ" އަށް ފަހު އޭނާ ޕްރޮޑިއުސް ކުރާ ދެވަނަ ފިލްމް ކަމަށެވެ. އަދި އެ ފިލްމް އޮގަސްޓް 30 ގައި ރިލީޒްވާނެ ކަމަށާއި މިއީ އޭނާގެ ހިތާ ވަރަށް ގާތް ފިލްމެއް ކަމަށް ޖޯން ބުންޏެވެ.

"ވިކީ ޑޯނާ" ގެ ވެސް ޑައިރެކްޓަރު ސުޖިތު ސިރްކާސް ޑައިރެކްޓް ކުރާ "މެޑްރާސް ކެފޭ" ގައި ލީޑް ރޯލް އަދާ ކުރަނީ ޖޯންގެ އިތުރުން "ރޮކްސްޓާ" އިން ފެނިގެން ދިޔަ ނަރުގިސް ފަހުރީ އެވެ.

"މެޑްރާސް ކެފޭ" ގެ މަންޒަރުތައް ނަގަމުން އަންނަނީ ސްރީ ލަންކާގެ އިތުރުން އިންޑިއާގެ އެކި ސަރަހައްދުތަކުގަ އެވެ.

ޖޯންގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި "އައި، މީ އޯރް މޭ" އާއި "ޝޫޓް އައުޓް އެޓް ވަޑާލާ" ހިމެނެ އެވެ.