ވޯލްޑް ރެސްލިންގ އެންޓަޓެއިންމެންޓުގެ އެންމެ ދުވަސްވީ ތަރި، "އަންޑަޓޭކާ" މިއަހަރުގެ ރެސްލެމޭނިއާއަށްފަހު އޭނާގެ ޕްރޮފެޝަނަލް ކެރިއަރު ނިންމާލައިފިއެވެ.
ރެސްލެމޭނިއާ މެއިން އިވެންޓުގައި ރޯމަން ރެއިންސްއާއި ވާދަކުރުމަށްފަހު ބަލިވެ، ޓޭކާ ވަނީ އޭނާގެ ގިއަރު ރިންގު މެދުގައި ބޭއްވުމަށްފަހު ރިންގު ދޫކޮށްގޮސްފައެވެ.
The gloves have come off… #Undertaker #WrestleMania pic.twitter.com/7MT1b0AOoN
— WWE Universe (@WWEUniverse) April 3, 2017
ރެސްލްމޭނިއާ ތާރީޚުގައިވެސް އެންމެ ކާމިޔާބު ރެސްލާ، އަންޑަޓޭކާ ވަނީ 33 ރެސްލްމޭނިއާގައި ބައިވެރިވެ 31 މެޗު ކާމިޔާބުކޮށްފައެވެ. ފުރަތަމަ ފަހަރަށް އޭނާ ބަލިވެފައިވަނީ 2015 ވަނަ އަހަރުގެ ރެސްލްމޭނިއާގައި ބްރޮކް ލެސްނާއަތުންނެވެ.
އަންޑަޓޭކާ އޭނާގެ ރެސްލިންގ ކެރިއަރު 1989 ވަނަ އަހަރު ވަނީ ފަށާފައެވެ. ފުރަތަމަ ވޯލްޑް ޗެމްޕިއަންޝިޕް ރެސްލިންގ އިން ފާހަގަވި އަންޑަޓޭކާ ވަނީ 91 ވަނަ އަހަރު ސުޕަސްޓާއެއްގެ ގޮތުގައި ރެސްލިންގ ތަޅަން ފަށާފައެވެ.
ގިނަ ބަޔެއްގެ ސަޕޯޓު ހޯދާފައިވާ އަންޑަޓޭކާ ވަނީ ފާއިތުވެދިޔަ އަހަރުތަކުގައި އެކި ނަންނަމުން މަޝްހޫރުވެފައެވެ. "ޑެޑްމޭން"، "ދަ އެމެރިކަން ބޭޑްއޭސް" ފަދަ ނަންނަމުން ޓޭކާ ވަނީ މުޅި ދުނިޔެއަށް މަޝްހޫރުވެފައެވެ.