Last Updated: June 26, 14:38
Friday, June 26, 2026
ޚަބަރު

ވޭމަންޑޫގައި ފިރިހެން ކުއްޖަކު ރޭޕްކޮށްގެން މީހަކު ހައްޔަރުކޮށްފި

ތ.ވޭމަންޑޫގައި 15 އަހަރުގެ ފިރިހެން ކުއްޖަކު ރޭޕް ކުރި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި ވޭމަންޑޫ އިން ކުޑަކުއްޖަކަށް ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ 44 އަހަރުގެ ފިރިހެނެކެވެ.

އޭނާ ހައްޔަރުކޮށް އެއަތޮޅު މަޑިފުށީ ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދުގެ މުއްދަތަށް 15 ދުވަސް ޖެހުމަށްފަހު ހޯމް މިނިސްޓްރީއިން ކަނޑައަޅާ ތަނެއްގައި ބަންދުކޮށްގެން އޭނާގެ ތަހުގީގު ކުރިއަށް ގެންދިއުމަށް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުން އެއް ޖިންސުން ގުޅުން ހިންގުމުގެ ކޭސްތައް ދަނީ ރާއްޖޭގައި އިތުރުވަމުންނެވެ. އަދި މީގެތެރެއިން ގިނަ އަދަދެއްގެ މައްސަލަތަކަކީ 18 އަހަރު ނުފުރޭ ކުޑަ ފިރިހެން ކުދިންނާއި ގަދަކަމަށް ނުވަތަ ބިރު ދައްކައިގެން ހިންގާ އަމަލުތައް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.