ޑިސްކައުންޓްތަކާއި އިންސްޓޯލްމެންޓްގެ އާ ޕްރޮމޯތަކާ އެކު ޝީޝާއިން އެޕްރިލް ފެސްޓުގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި އެވެ.
މިއަދުން ފެށިގެން މިމަހުގެ 20 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދަން ނިންމާފައިވާ މި ޕްރޮމޯޝަނުގެ ދަށުން ވޭވް 125، 110، ޒޫމާ އެކްސް އަދި ސްކޫޕީގެ އަގު ހެޔޮކޮށް ޚާއްސަ އަގުތަކެއްގައި ލިބޭނެ އެވެ.
މި ހަތަރު މޮޑެލްގެ ސައިކަލަށް އެއްކޮށް އަގު ދައްކާފައި ނަގާ ފަރާތްތަކަށް 3،000ރ. ހަމައަށް ޑިސްކައުންޓު ދިނުމަށް ޝީޝާ އިން ވަނީ ހަމަޖައްސައިފަ އެވެ.
އަދި މޯލްޑިވްސް އިސްލާމިކް ބޭންކާއި މޯލްޑިވްސް ފައިނޭންސް ލީސިންގް ކޮމްޕެނީގެ ކަސްޓަމަރުންނަށް ވެސް މިގޮތުގެ މަތީން ޑިސްކައުންޓް ލިބޭނެއެވެ.
ޝީޝާ އަކީ ހޮންޑާގެ ދިވެހިރާއްޖޭގެ އޮތޮރައިސްޑް ޑިސްޓްރިބިއުޓާއެވެ. އާންމުންނަށް ހެޔޮ އަގުތަކުގައި ސައިކަލު ފޯރުކޮށްދިނުމަށް ޝީޝާއިން އަންނަނީ ދޭތެރެ ދޭތެރެއިން މިފަދަ ޕްރޮމޯޝަންތައް ތައާރަފްކުރަމުންނެވެ.