Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

އައްޑޫ ކައުންސިލަށް ވާދަ ކުރާ ކެންޑިޑޭޓުންނާ ބައްދަލުކޮށްފި

މެއި މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އައްޑޫ ސިޓީ ކައުންސިލް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނާއި އައްޑޫ ސިޓީ ކައުންސިލާއި ފުލުހުންގެ ފަރާތުން ބައްދަލުކޮށްފިއެވެ.

ކައުންސިލްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މި ބައްދަލުވުމަކީ މިފަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބު ވީހާވެސް އޮމާންކަމާއެކު ކުރިއަށް ގެންދިއުމުގެ މަޤްސަދުގައި ކައުންސިލުން އިސްނަގައިގެން އިންތިޒާމް ކުރި މަޝްވަރާ ބައްދަލުވުމެކެވެ.

މިބައްދަލުވުމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސަބް އިންސްޕެކްޓަރ ޖަމްޝީދު ޢަލީ ވަނީ އިންތިޚާބުގެ ސަލާމަތީ ކަންކަން ރަނގަޅުކޮށް އަމާން އިންތިޚާބެއް ބޭއްވޭނެ މަގު ފަހިކޮށްދެއްވުމުގައި ވީ އެންމެ ފުރިހަމައަކަށް މަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން އަރުވާފައެވެ.

އައްޑޫ ސިޓީ ކައުންސިލްގެ އިންތިޚާބަށް އައްޑޫ ސިޓީން ޖުމްލަ 19 ކެންޑިޑޭޓަކު ކުރިމަތިލައްވާފައިވާއިރު މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެޑައިގަތީ 10 ކެންޑިޑޭޓުންނެވެ.