ފުވައްމުލަކުގެ ދޫޑިގަން ސަރަހައްދުގެ ޗަސް ބިމެއްގައި އަލިފާން ރޯވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް އެމްއެންޑީއެފްގެ ފަރާތުން މިހާރު ގެންދަނީ ކުރަމުންނެވެ.
ފުވައްމުލަކު ޗަސް ބިމުގައި މީގެ ކުރިން ވެސް ތަކުރާރުކޮށް އަލިފާން ރޯވެ ބޮޑެތި ގެއްލުންތައް ލިބިފައިވާއިރު ފުވައްމުލަކު ކައުންސިލުން ވަނީ އެއީ ބަޔަކު ގަސްދުގައި ކުރާ ކަމެއް ކަމަށް ބެލެވޭ ކަމަށް ބުނެފައެވެ.