އައްޑޫ ސިޓީ ހުޅުދު އާއި މީދޫން ބޯފެން ލިބުން ދަތިވެއްޖެ އެވެ.
ހުޅުދު އާއި މީދޫގައި ހުރި އާންމު ތާންގީ ބަރިތަކުންނާއި ގިނަ ގިނަ ގޭބިސީތަކުން ވާރޭ ފެން މިހާރު ވަނީ ހުސްވެފަ އެވެ.
'އައްޑޫ ލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފެނަކަ ކޯޕަރޭޝަނުގެ ފަރާތުން މިހާރު ގެންދަނީ ކެނަރީފް ރިސޯޓު މެދުވެރިކޮށް އާންމު ތާންގީ ބަރިތަކަށް ބޯފެން ފޯރުކޮށް ދެމުންނެވެ.
"ރިސޯޓުން ފެން ގަނެގެން މިހާރު މިދަނީ އާންމު ތާނގީތަކަށް ފެން ފޯރުކޮށްދެމުން. ސަތޭކަ އަށާރަ ރުފިޔާ އަށް ޓަނެއް މި ގަންނަނީ." ފެނަކައިގެ އޮފިޝަލަކު ބުންޏެވެ.
ހުޅުދޫ އަދި މީދު އަށް ސާފު ބޯފެން ފޯރުކޮ ށްދިނުމަށް އެރަށުގައި އާރްއޯ ޕްލާންޓެއް ވެސް ހުރެ އެވެ. އެހެން ނަމަވެސް އެ ޕްލާންޓްގައި މައްސަލަ ޖެހި ފެން ނުއުފެއްދޭތާ ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ.
ފެނަކައިގެ އޮފިޝަލް ބުނި ގޮތުގައި އާރްއޯ ޕްލާންޓުން ފެން ނުއުފެއްދެނީ އޭގެ ބައެއް ސްޕެއާތައް ނުލިބޭތީ ކަމަށެވެ.