Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ޑިމޮކްރަސީގެ ވަހެއް ވެސް ޔާމީނަކަށް ނޭނގޭނެ: ގާސިމް

ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް.

ޑިމޮކްރަސީގެ ވާހަކަ ރައީސް އަބްދުﷲ ޔާމީން ދައްކަވާއިރު އެމަނިކުފާނަށް ޑިމޮކްރަސީގެ ވަސް ވެސް އެނގިވަޑައިނުގަންނަވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ފަރާތްތަކުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޤާސިމް ވިދާޅުވި ގޮތުގައި ރައީސް ޔާމީން އަކީ ޑިމޮކްރަސީ އަށް މަސައްކަތް ކުރެއްވި ބޭފުޅެއް ނޫން ކަމަށެވެ.

"ހުރިހާ ސިޔާސީ ލީޑަރުން ހައްޔަރުކުރުމަށްފަހު މަޝްވަރާ އަށް ގޮވުމުން ކޮންބައެއްތޯ ދާނީ. ސިޔާސީ މީހަކު ނޫން މީހަކު ހައްޔަރުކުރުމަށް ރައީސް ޔާމީނަށް އެގިލައްވާތޯ."

ޤާސިމް ވިދާޅުވި ގޮތުގައި ޑިމޮކްރަސީއަށް އެންމެ ބުރަ މަސައްކަތް ކުރެއްވީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކަމަށެވެ.

އިދިކޮޅު ފަރާތްތަކާއި ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރާ ވާހަކަ ސަރުކާރުން ދައްކާއިރު ވާހަކަ ދެއްކުމުގެ ހިތްވަރެއް ރައީސް ޔާމީނުގެ ނެތްކަމަށް ޤާސިމް ވަނީ ވިދާޅުވެފައެވެ.