ރަޝިއާގެ ސެއިންޓް ޕީޓާސްބާގް ގެ ދެ ރޭލު ސްޓޭޝެއްގެ ދެމެދުގައި ދިން ބޮމުގެ ހަމަލާއެއް ގައި 11 މީހުން މަރުވެ 45 މީހަކަށް އަނިޔާވެއްޖެ އެވެ.
ރަޝިއާގެ ޤައުމީ އެންޓި-ޓެރަރިސްޓް ކޮމިޓީގެ އިސްވެރިޔާ ވިދާޅުވި ގޮތުގައި ބޮމުގެ ހަމަލާ ދީފައި ވަނީ ސެނާޔާ ޕްލޯޝްޗެޑް އާއި ޓެކްނޮލޮޖިޗެސްކީ އިންސްޓިޓިއުޓް ސްޓޭޝަންގެ މެދުގައި ދަތުރު ކުރަމުން ދިޔަ ރޭލަކަށް ކަމަށެވެ.
އެ ކޮމިޓީ އިން ބުނާ ގޮތުގައި ގޮވާ ޒާތުގެ ޑިވައިސްއެއް އެސަރަޙައްދުން ފެނިފައިވާ ކަމަށާއި، އެ ޑިވައިސް މިހާރު ވަނީ ކައިރި އެހެން ސްޓޭޝަނަކަށް ގެންގޮސް ރައްކާތެރި ކުރެވިފައި ކަމަށެވެ.
ރަޝިއާގެ ބޮޑު ވަޒީރު ފޭސްބުކް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ އެ ހަމަލާ އަކީ ޓެރަރިސްޓް ހަމަލާއެއް ކަމަށެވެ.
އެންޓި-ޓެރާ ތަހުޤީގެއް ހުޅުވާފައި ވީނަމަވެސް، އެ ހަމަލާގެ ފަހަތުގައި އެހެން ސަބަބުތަކެއް ވުމަކީވެސް އެކަށީގެންވާ ކަމެކެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި އެ ހާދިސާ ހިނގާފައި ވަނީ ރަޝިއާ ގަޑިން 14:30 އެހާކަށް ހާއިރެވެ.