Last Updated: June 30, 10:48
Tuesday, June 30, 2026
ޚަބަރު

ވޮބް އެވޯޑް 16 ކަނބަލަކަށް ދީފި

ވިމެން އޮން ބޯޑްސްގެ އެނުއަލް އެވޯޑް ދިނުމުގެ ހަފްލާ ގެ ތެރެއިން-- ސަން ފޮޓޯ: ފަޔާޒް މޫސާ

އެކިއެކި ދާއިރާތަކުގައި މަސައްކަތް ކުރައްވާ ހިތްވަރުގަދަ އަދި އާދަޔާ ޚިލާފު ހުނަރުވެރި އަންހެން ކަނބަލުންގެ ކާމިޔާބީ ފާހަގަ ކުރުމުގެ މަޤްސަދުގައި ދޭ ވިމެން އޮން ބޯޑްސް (ވޮބް) ގެ އަހަރީ އެވޯޑް 16 ކަނަބަލަކަށް ދީފިއެވެ.

ރޭ ހޮޓެލް ޖެން ގައި އެކަމަށްޓަކައި ބޭއްވި ޚާއްސަ ހަފްލާގައި އެވޯޑް ހާސިލް ކުރެއްވި ފަރާތްތަކަށް އެވޯޑް ހަވާލުކޮށް ދެއްވީ ރައީސް ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް އެވެ.

މިއަހަރު އެވޯޑު ހާސިލް ކުރި ފަރާތްތަކާއި ކެޓަގަރީތައް:

  • ބެސްޓް ސީއީއޯ އިން ޕްރައިވެޓް ސެކްޓާ: ނަސީމާ ޒަކަރިއްޔާ – ބޭކިން، އާޓްސް އެންޑް ކްރާފްޓް.
  • ބެސްޓް ވުމެން މެނޭޖަރު: ގަމީރާ އާދަމް – ދަނޑުވެރިކަން
  • އެވޯޑް ފޯ ބެސްޓް ވުމެން މެނޭޖަރު: ހައްވާ ލަތީފް – މެނޭޖްމެންޓް
  • ބެސްޓް ވުމެން މެނޭޖަރު: އައިމިނަތު ލީލާ – ބޭކިން އެންޑް ހޭންޑި ކްރާފްޓްސް
  • ބެސްޓް ވުމެން މެނޭޖަރު: ފާތިމަތު މަނިކެ – ބޭންކިން
  • ބެސްޓް ވުމެން މެނޭޖަރު: ސުނީތާ މުހައްމަދު – އިކޮނޮމިކް މިނިސްޓްރީގެ ކޯޑިނޭޓަރު، ވިމެންސް އިކޮނޮމިކް ޑިވެލޮޕްމެންޓުގެ ފައުންޑިން މެމްބަރު އަދި ވައިސް ޗެއާ ޕާސަން
  • ބެސްޓް ވުމަން މެނޭޖަރު: އައިޝަތު ޝިރްދާ – އެޑްމިނިސްޓްރޭޝަން
  • ބެސްޓް ވުމަން މެނޭޖަރު: އައިމިނަތު ޝަރުމާ – ބިޒްނަމް އެޑްމިނިސްޓްރޭޝަން
  • ބެސްޓް ވުމަން ކޮމްޕެނީ ސެކްރެޓަރީ: އައިޝަތު ނަތީލާ – ސިމްޑީ ގްރޫޕުގެ އެގްޒެކެޓިވް ސެކްރެޓަރީ
  • ބެސްޓް ޔަންގް ވުމަން ޕްރޮފެޝަނަލް: ޑރ. މަރިޔަމް ޝަހުނީޒާ ނަސީރު – ސާކިއުލަމް، އިންސްޓްރަކްޝަން އެންޑް އެސެސްމެންޓު
  • ބެސްޓް ޔަންގް ވުމަން ޕްރޮފެޝަނަލް: އިރުމް ސަބާ – އިކޮނޮމިކްސް، ފިނޭންސް، އިސްލާމިކް ބޭންކިން.
  • ބެސްޓް ޔަންގް ވުމަން ޕްރޮފެޝަނަލް: ނަފްހާ ފާރޫގް – އެމްވީޓީވީ، ވިމެން އެންޑް ޑިމޮކްރަސީ އެންޖީއޯގެ ސީއެފްއޯ
  • ބެސްޓް ޔަންގް ވުމަން ޕްރޮފެޝަނަލް: އަމިނަތު ޝާޔަން ޝާހިދު – މެނޭޖްމެންޓް
  • ބެސްޓް ޔަންގް ވުމަން ޕްރޮފެޝަނަލް: މަރިޔަމް މީނާ ހުސައިން – ޕްރީ ސްކޫލް ޕްރިންސިޕަލް
  • ބެސްޓް ޔަންގް ވުމަން ޕްރޮފެޝަނަލް: ފާތުމަތު އަޝްވާ ފަހީމް – ފޮޓޮގްރަފާ
  • ބެސްޓް ޔަންގް ވުމަން ޕްރޮފެޝަނަލް: ރައިދާ އިސްމާއިލް ޝަފީގު – ފެޝަން ޑިޒައިނިން.