Last Updated: June 25, 17:51
Thursday, June 25, 2026
ޚަބަރު

ރައީސަށް އައްޑޫން ދައްކަނީ އަސްލު މަންޒަރެއް ނޫން: އީނާ

ފޭދޫގެ ޕީޕީއެމް އެކްޓިވިސްޓް އީނާ ނަސީރް.

ރައީސް އަބްދުﷲ ޔާމީނަށް އައްޑުއާ ގުޅޭ ގޮތުން ފޭދޫ ދާއިރާގެ މަޖްލިސް މެމްބަރު ދައްކަަވަނީ އަސްލު މަންޒަރެއް ނޫން ކަމަށް ރައީސް ޔާމީންއަށް ވަރަށް ބޮޑަށް ތާއިދު ކުރާ ޕީޕީއެމް ފޭދޫ އެކްޓިވިސްޓް އީނާ ނަސީރު ބުނެފި އެވެ.

އީނާ "އައްޑޫ ލައިވް" އަށް ބުނީ އައްޑޫގައި ރައީސް ޔާމީން ހިންގަވަން ބޭނުންވާ ގިނަ މަޝްރޫއުތައް ކުރިއަށް ނުގޮސް މަޑުޖެހިފައި ވަނީ ނާގާބިލް ވެރިން އައްޑޫގެ އެކި މުވައްސަސާތަކުގައި ތިބުމާއި، އެމީހުންގެ އަމިއްލަ އެދުމަށް މަސައްކަތް ކުރުމުން ގެންދާތީ ކަމަށެވެ.

"އަސްލު ރައީސް ޔާމީންއަށް ހަގީގީ ކަންއޮތް ގޮތެއް އެނގި ނުލައްވާނެ. މެމްބަރު ގޮސް ރައީސަށް މި ދަންނަވަނީ ހުރިހާ ކަމެއް ރަނގަޅޭ. ރައްޔިތުން ތިބީ ރައީސް ޔާމީންގެ ފަހަތުގައި ކަމަށް. އެކަމަކު އަސްލު އެހެންނެއް ނޫން ކަން އޮތީ. މެމްބަރު އައިސް ދައްކަވާ ވާހަކަތަކާއި އަމަލް ކުރައްވާ ގޮތުން ރައްޔިތުންގެ ތެރޭގައި ސަރުކާރާއި މެދު ނަފްރަތު އުފެދެނީ،"

ފާއިތުވި ފަސް އަހަރުގައި ވެސް އައްޑޫގެ ޒުވާނުންނަށް އަމާޒުކޮށްގެން ކަމެއް ނުކުރެވޭކަން ފާހަގަކޮށް އީނާ ބުނިގޮތުގައި އައްޑޫގައި ހުރި ޒުވާނުންގެ މަރުކަޒުތައް ވަނީ ހުއްޓިފައި ކަމަށެވެ.

"ޒުވާނުންގެ ކަންތައް ކުރިއަކަށް ނުދޭ، ޔޫތު ކޯޑިނޭޓަރަކު ހުންނަތާ ދެއަހަރު މިވަނީ، އެކޯޑިނޭޓަރ އަމިއްލައަށް އިސްނަގައިގެން ކުރިކަމެއް، ހިންގި ކަމެއް ނެތް، މުޅި ވެސް އަމިއްލަ މީސްމީހުން އަމިއްލަ ގޮތުން ކުޅިވަރު ކަންކަން މި ކުރަނީ، މިސާލަކަށް ޔޫތު ކޯޑިނޭޓަރއަށް މެމްބަރު ގާތު ދަންނަވައިގެންވެސް ކަންކަން ކުރެވޭނެ ކަމަށް އީން ގަބޫލް ކުރަނީ." އީނާ ބުންޏެވެ.

ފޭދޫގެ ބިން ހިއްކިތަނުގެ ލޭންޑް ޔޫސް ޕްލޭން ހެދިފައިވާކަމަށާއި އެތަނުގައި ގާއިމް ކުރަން ހަމަޖެހިފައިވާކަން ކަން ކުރިއަށްދާ ގޮތް ބެލުމަކީ މެމްބަރުގެ ޒިންމާއެއް ކަމަށް އީން ބުންޏެވެ.

ފޭދޫ ދާއިރާގެ މަޖިލިސް މެންބަރު އަށް ވަރަށް ބޮޑަށް ފާޑުކިޔަމުން އީނާ ބުނި ގޮތުގައި ރަށަށް މެމްބަރު ރަށަށް އައިސް ތަންތަން ހުޅުވާ ރިބަން ކަނޑަމުން ދިޔަ ނަމަވެސް ފޭދޫގެ ޕީޕީއެމް މެންބަރުންގެ މެދުގައި އޮތް އެކުވެރިކަން މިހާރު ނެތްކަމަށެވެ.

"މިވާ ގޮތަކީ މެމްބަރ ރަށައް ވަޑައިގެން ތަންތަން ހުޅުވާ، ރިބަން ކަނޑަމުން މިދަނީ، ނަމަވެސް ޕީޕީއެމްގެ މެމްބަރުންގެ ތެރޭގައި ކުރިން އޮތް އެކުވެރިކަން މިދަނީ ކެނޑެމުން، ވަކި ބަޔަކު ބުނާ ގޮތަށް ވަކި ބަޔަކަށް މަސައްކަތް މި ކުރަންޖެހެނީ، ރައީސް ޔާމީން ޕްރޮމޯޓް ކުރުމަށް ނުވަތަ އެމަނިކުފާނުގެ ތާއިދު އިތުރު ކުރާތަނެއް ނުފެނޭ"

އީނާ ބުނީ ޕީޕީއެމްގެ ތެރޭގައި ހަގީގަތަށް ވާހަކަ ދައްކާ މީހުން ބާކީކޮށް އެކަހެރިކޮށްލާ ކަމަށާއި، އޭނާވެސް ޕީޕީއެމް އޮފީހާއި ދުރުކޮށްފައި މިވަނީ އެހެންވެ ކަމަށެވެ.
އަދި އީނާގެ ފިރިހެނުން ފައިސަލް ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރގެ މަގާމުގައި ހުއްޓާ ވަޒީފާއިން ވަކި ކުރީވެސް ވަކި ބަޔަކަށް ތަބާވެ، އެމީހުން ބުނާ ގޮތަށް އަމަލު ނުކުރުމުގެ ސަބަބުން ކަމަށެވެ.

"އައްޑޫ އިން ރައީސް ޔާމީނަށް އަބަދުވެސް ދެމުން ގެންދާ މެސެޖަކީ ހުރިހާ ކަމެއްވެސް ރަނގަޅޭ، ރައްޔިތުން ތިބީ ރައީސް ޔާމީނާއިއެކު ކަމަށް، އެކަމަކު އެހެން ނޫންކަން އެކަން އެގޭނީ ވޯޓުލުމުން، އޭރު ވަގުތު އޮންނާނީ ފާއިތުވެފައި،"

އައްޑޫގެ ހުރިހާ ކަމެއް ރަނގަޅު ކަމަށާއި އަދި ރައްޔިތުން ރައީސް ޔާމީން އާއި އެކު ތިބިކަމަށް ސިޔާސީ ބޭފުޅުން ރައީސް ޔާމީނަށް ދެންނެވި ނަމަވެސް އެއީ އެކަން އޮތްގޮތް ނޫންކަން އީނާ ފާހަގަކުރިއެވެ.

އަދި އެކަން ރައީސް ޔާމީން އަށް އެނގިވަޑައިގަންނަވާއިރު އޮންނާނީ ވަގުތު ފާއިތުވެފައި ކަމަށް ވެސް އީނާ ބުންޏެވެ.