Last Updated: March 28, 14:17
Thursday, March 28, 2024
ޚަބަރު

ގާސިމްގެ މައްސަލަ މި އަންނަނީ ދިރާސާ ކުރަމުން: ޕީޖީ

ވިލާ ގުރޫޕްގެ ޗެއާމަން ގާސިމް އިބްރާހީމް -- ވީފޮޓޯ

ޖުމްހުރީ ޕާޓީގެ ލިޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ދައުވާ ކުރުމަށް ފުލުހުން ހުށަހެޅި މައްސަލަ ދިރާސާ ކުރަމުން އަންނަ ކަމަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) ގެ އޮފީހުން ބުނެފި އެވެ.

ޕީޖީން ބުނީ ގާސިމްގެ މައްސަލައިގެ ލިޔެކިޔުން މިހަފްތާގެ އާދީއްތަ ދުވަހު ޕީޖީއަށް ލިބިފައިވާ ކަމަށާއި، ހުރިހާ ލިޔެ ކިޔުމެއް މިއަދު ލިބިފައިވާ ކަމަށެވެ.

މަޖިލިސް މެމްބަރުންނަށް ގާސިމް ރިޝްވަތު ދެއްވި ކަމަށް ތުހުމަތު ކުރަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު މ. ކުނޫޒުގައި ބޭއްވި ޖަލްސާއެއްގައި ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ.

ގާސިމް ވިދާޅުވެފައި ވަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާ ދެކޮޅަށް އިތުބާރު ނެތް ކަމަށް ވޯޓު ދެއްވާ މެމްބަރުން ދެ ވަނަ ދައުރަކަށް މަޖިލީހަށް ހޮވައި ދިނުމަށް މަސައްކަތްކޮށް ދެއްވާނެ ކަމަށާއި އެ މެމްބަރުންނަށް "ހުރިހާ ގޮތަކުން ވެސް" އެހީތެރިވެ ދެއްވާނެ ކަމަށެވެ.

މިމައްސަލަ އާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ގާސިމްގެ ޕާސްޕޯޓް ވަނީ އެއްމަސް ދުވަހަށް ހިފަހައްޓާފައެވެ.