Last Updated: June 30, 10:48
Tuesday, June 30, 2026
މުނިފޫހިފިލުވުން

"ޖެސިކާ ޖޯންސް" ގެ ޝޫޓިން ފަށައިފި

މާވެލްގެ ސުޕާހީރޯ ވެބް ސީރީޒް އެއް ކަމަށްވާ "ޖެސިކާ ޖޯންސް" ގެ ދެވަނަ ސީޒަންގެ ޝޫޓިން ފަށައިފި އެވެ.

މި ސީރީސްގެ ޝޫޓިން ފަށާފައި ވަނީ އެމެރިކާގެ ނިއު ޔޯކް ސިޓީގައެވެ.

ގިނަ ބައެއްގެ މަޤްބޫލުކަން ހޯދާފައިވާ މި ސީރީސް ގެ ޕްރޮޑަކްޝަން މި މަހުގެ ތިނެއްގައި ފަށާފައިވާ އިރު، ޝޫޓިން ކުރިއަށް ދަނީ ކުރިން ވެސް މި ސީރީޒްގެ މަންޒަރުތައް ނަގާފައިވާ ބްރޯޑްވޭ އަދި ވެސްޓް 101 ސްޓްރީޓް ގައި ކަމަށް އޭސްޝޯބިޒް އިން ރިޕޯޓް ކުރެއެވެ.

މަޝްހޫރު އޮންލައިން މީޑިއާ ކުންފުނި ކަމަށްވާ ނެޓްފްލިކްސް އިން "ޖެސިކާ ޖޯންސް" ގެ 13 އެޕިސޯޑްގެ ދެވަނަ ސީޒަނަކަށް އޯޑަރު ދީފައި ވަނީ ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ގައެވެ.