Last Updated: June 30, 10:48
Tuesday, June 30, 2026
މުނިފޫހިފިލުވުން

ޖެސީ އައިސެންބާގް ބައްޕައަކަށްވެއްޖެ

"ޒޮމްބީލޭންޑް" ގެ ތަރި ޖެސީ އައިސެންބާގް އާއި އޭނާގެ ލޯބިވެރިޔާ އޭނާ ސްޓްރައުޓް އަށް ފުރަތަމަ ފަހަރަށް ކުއްޖަކު ލިބިއްޖެ އެވެ.

އެ ދެ މީހުންނަށް ލިބިފައި ވަނީ ފިރިހެން ކުއްޖެކެވެ. މިއީ އެ އެ މީހުންނަށް ލިބުނު ފުރަތަމަ ދަރިފުޅެވެ.

އުމުރުން 33 އަހަރުގެ ޖެސީ އާއި އޭނާ 2002 ވަނަ އަހަރުން ފެށިގެން 2012 ވަނަ އަހަރާ ހަމައަށް ރައްޓެހިވެގެން އުޅުމަށް ފަހު، އޭގެ ފަހުން ވަނީ ރުޅިވެފަ އެވެ.

އެހެން ނަމަވެސް ފަހުން އެ ދެމީހުން ވަނީ އަލުން ގުޅިފަ އެވެ. އެ ދެ މީހުން ވަނީ އެ މީހުންގެ ގުޅުން ވަރަށް ބޮޑަށް ސިއްރުކޮށްފަ އެވެ.

ޖެސީ އައިސެންބާގް ދެން އެންމެ އަވަހަށް ފެނިގެންދާނީ ބެން އެފްލެކް، ގާލް ގަޑޯޓް، ޖޭސަން މޮމޯ، އެޒްރާ މިލާ، ރޭ ފިޝާ އަދި ހެންރީ ކެވިލް އާއިއެކު ސުޕާހީރޯ ފިލްމެއް ކަމަށްވާ "ޖަސްޓިސް ލީގް" އިންނެވެ.

އެ ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އެވެ.