Last Updated: June 30, 10:48
Tuesday, June 30, 2026
މުނިފޫހިފިލުވުން

ވިނޯދް ކަންނާ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ވަރަށް ބޮޑަށް ޑީހައިޑްރޭޓްވުމުގެ ސަބަބުން ބޮލީވުޑްގެ ކުރީގެ މަޝްހޫރު އެކްޓަރު ވިނޯދް ކަންނާ ހޮސްޕިޓަލްގައި އެޑްމިޓްކޮށް، ފަރުވާ ދޭން ފަށައިފި އެވެ.

އޭނާ އެޑްމިޓްކޮށްފައި ވަނީ ގުރްގައުމްގައި ހުންނަ އެޗްއެން ރެލައިންސް ފައުންޑޭޝަން އެންޑް ރިސާޗް ސެންޓަރުގައި ކަމަށް ޓައިމްސް އޮފް އިންޑިއާ އިން ބުންޏެވެ.

މައުލޫމާތު ލިބޭ ގޮތުގައި ވިނޯދް، 70، އެޑްމިޓް ކުރީ މިދިޔަ ހުކުރު ދުވަހުގެ ރެ އެވެ.

ވިނޯދްގެ ދަރިފުޅު ރާހުލް ކަންނާ ބުނި ގޮތުގައި ޑޮކްޓަރުން ދަނީ އޭނާ ދާދި އަވަހަށް ޑިސްޗާޖް ކުރެވޭނެ ކަމަށް އުންމީދު ކުރަމުންނެވެ.

ވިނޯދަށް ހޮސްޕިޓަލުގައި ލިބުން އަންނަ އަޅާލުމަށާއި ހެޔޮ އެދޭ ފަރާތްތަކުން ފޮނުވަމުންދާ ހެޔޮ ދުޢާތަކަށް ޓަކައި އޭނާގެ އާއިލާ ވަރަށް ބޮޑަށް ޝުކުރުވެރި ވާ ކަމަށް ރާހުލް ބުނެއެވެ.

ވިނޯދްގެ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށް ހޮސްޕިޓަލުން ވެސް ވަނީ ކަށަވަރުކޮށް ދީފަ އެވެ.