Last Updated: June 26, 14:38
Friday, June 26, 2026
ކުޅިވަރު

އިބްރާގެ ފަހު މިނެޓް ޕެނަލްޓީއާ އެކު ޔުނައިޓެޑް ޕޮއިންޓެއް ސަލާމަތްކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި އެވަޓަން ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެ ނިމިއްޖެއެވެ.

ޔުނައިޓެޑުގެ ދަނޑުގައި ކުޅުނު މިމެޗުގެ ކޮންޓްރޯލް އާދައިގެ މަތިން ޔުނައިޓެޑު ވަނީ ނަގާފައެވެ. އެވަޓަންގެ ގޭމް ޕްލޭން ޑިފެންސަށް ބިނާކޮށް ކުޅެމުންދިޔައިރު ޔުނައިޓެޑު ފޯވާޑުންނަށް ވަނީ މެޗުގެ ކުރީކޮޅު ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފިފައެވެ.

މެޗުގެ ފުރަތަމަ ގޯލު އެވަޓަން އިން ޖަހާފައިވަނީ މެޗުގެ 22 ވަނަ މިނެޓުގައެވެ. ކީޕަރު ޑެހެއާ އަދި ޑިފެންޑަރު ރޯޖޯ ހެދި ގޯހަކުން 0-1 ގައި އެވަޓަން ވަނީ މެޗުގެ ލީޑު ނަގާފައެވެ.

ދެވަނަ ހާފުގައި އެޓޭކު ވަރުގަދަ ކުރުމަށް ޕޮގްބާ އަދި މިޚިތަރިޔާން ވަނީ ކުޅެން ނެރެފައެވެ. ނަމަވެސް އާދައިގެ މަތިން ޔުނައިޓެޑު ކުޅުންތެރިންނަކަށް އިދިކޮޅު ޓީމުގެ ޑިފެންސް ލައިނު ފޫއަޅުވާފައެއް ނުދެވުނެވެ.

ލިބުނު ކޯނަރުތަކާއި ހިލޭ ޖެހުންތައް ދިޔައީ ބޭނުން ނުހިފި ބޭކާރުވެގެންނެވެ.

މެޗު ނިމެން ކައިރިވެފައިވަނިކޮށް ލޫކް ޝޯ އޭރިޔާ ބޭރުން ފޮނުވާލި ހަމަލާ އެވަޓަންގެ ވިލިއަމްސް ވަނީ އޭރިޔާ ތެރެއިން ގަސްދުފައި އަތުން ޖައްސާފައެވެ.

ރެފްރީ ވަނީ އޭނާއަށް ރަތް ކާޑު ދައްކައި ޔުނައިޓެޑަށް ޕެނަލްޓީއެއް ދީފައެވެ. ބަލިނުވެ ސަލާމަތްކޮށްދިނީ އިބްރާ ޖެހި ޕެނަލްޓީއިންނެވެ.

މިމެޗުން އެއްވަރުވެ ޔުނައިޓެޑަށް ވަނީ ޓޮޕް 4 ގެއްލިދާނެ ކަމުގެ ބިރު ހީވެފައެވެ. މިރޭ އާސެނަލް އާއި ވެސްޓް ހެމް ކުޅޭ މެޗުން އާސެނަލް މޮޅުވެއްޖެނަމަ ޕޮއިންޓުގެ ގޮތުން ޔުނައިޓެޑާއި އެއްވަރުވެ ގޯލުގެ ތަފާތުން ޔުނައިޓެޑަށްވުރެ ކުރިއަށް ދެވޭނެއެވެ.