ވިލާ ކޮލެޖްގެ ފަރާތުން އައްޑޫ ސިޓީ ކައުންސިލަށް ދެ ސްކޮލާޝިޕް ފުރުސަތެއް ދީފި އެވެ.
އައްޑޫ ސިޓީ ކައުންސިލް އިދާރާގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ކައުންސިލާއި ވިލާ ކޮލެޖާއި ދެމެދު ވަނީ އެކަމާއި ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
މި އެއްބަސްވުމުގައި ވިލާކޮލެޖުގެ ފަރާތުން ސޮއިކުރެއްވީ އެގްޒެކްޓިވް ޑިރެކްޓަރ އަލީ ނަޖީބެވެ. އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ މޭޔަރ އަބްދުﷲ ސާދިގެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެއްބަސްވުމުގެ ދަށުން ދެ ދަރިވަރަކަށް ވިލާ ކޮލެޖުގެ ހިތަދޫ ކެމްޕަހުގައި ކިޔެވުމުގެ ފުރުސަތު ލިބިގެން ދާނެ އެވެ.
އެއީ މާސްޓަސް ނުވަތަ ޕޯސްޓް ގްރެޖުއޭޓް ފެންވަރުގެ ކޯހަކާއި، ބެޗްލާސް ޑިގްރީ ނުވަތަ އަންޑަ ގުރެޖުއޭޓު ފެންވަރުގެ ދެ ކޯހެވެ.
ވިލާ ކޮލެޖުން މައުލޫމާތު ދިން ގޮތުގައި މިއީ އެ ކޮލެޖުގެ ކޮމިޔުނިޓީ އެންގޭޖުމެންޓް ސްކޮލަޝިޕްގެ ދަށުން އައްޑޫ ސިޓީ ކައުންސިލަށް ދިން ދެ ފުރުސަތެކެވެ.
ވިލާ ކޮލެޖްގެ އޮފިޝަލަކު 'އައްޑޫލައިވް' އަށް ވިދާޅުވި ގޮތުގައި މި ދެ ސްކޮލާޝިޕަށް އެދި ހުށަހެޅުމުގެ ފުރުސަތު މިމަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
ވިލާ ކޮލެޖުން ބުނީ މި ސްކޮލަރޝިޕްގައި ބައިވެރިންނަށް މިމަހުގެ އިންޓޭކްގައި ބައިވެރިވެވޭނެކަމަށެވެ.
.