Last Updated: June 25, 13:55
Thursday, June 25, 2026
ޚަބަރު

ފަނޑިޔާރު ޝުޖާއު އަށް ހަމަލަ ދޭން އުޅުނު މީހަކު ހައްޔަރުކޮށްފި

ޝުޖާްއު އުސްމާން؛ ފޮޓޯ: ސަން

ހައިކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާންއަށް ހަމަލަދޭން އުޅުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް ތަހްގީގު ފަށައިފިއެވެ.

މައުލޫމާތުލިބިފައިވާ ގޮތުގައި މި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއަ އެގްޒެކެޓިވް އިބްރާހިމް ހަނީފްއެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ރޭ އޭނާ ދިރިއުޅޭ ގެއިންނެވެ.

ހަނީފްގެ މައްޗަށް ތުހުމަތު ކުރަނީ މީހަކަށް ފައިސާދީގެން ޝުޖާއު އުސްމާނަށް ހަމަލަދޭން އުޅުނުކަމުގެ ތުހުމަތެވެ.

ޝުޖާއު އުސްމާން ހުޅުމީދޫގައި ހުންނަ ހައިކޯޓުގެ ދެކުނު ގޮފީގެ ފަނޑިޔާރަށް ހުންނެވުމަށްފަހު ދާދި ފަހުން ވަނީ ފުލުހުންގެ ފުލް ސެކިއުރިޓީ އާއި އެކު އައްޑޫން ފުރައިވަޑައިގެންފައެވެ.