Last Updated: June 11, 22:21
Thursday, June 11, 2026
ވިޔަފާރި

ކަސްޓަމްސްގެ މަސައްކަތަށް އަހުލުވެރި ކުރުމުގެ ޕްރޮގްރާމެއް ފަށައިފި

މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ މަސައްކަތްތަކާއި ކަސްޓަމްސް އާ ގުޅޭ ޤާނޫނުތަކާއި ޤަވާއިދުތަކަށް އާންމުން ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.

ޔުނިސެފާ ގުޅިގެން ފެށި މި ޕްރޮގްރާމް އަންނަ އެޕްރީލް މަހުގެ 15 ވަނަ ދުވަހާ ހަމައަށް ކުރިޔަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ކަސްޓަމްސް އިން ބުނީ މި ޕްރޮގްރާމްގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި އެއާލައިންތަކާއި ޓްއާ އޮޕަރޭޓަރުންނަށް ލުއި މައުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ލީފްލެޓް ވެސް ބަހާނެ ކަމަށެވެ.
ލީފްލެޓްތަކުން ދަތުރުވެރިންނަށާއި ވިޔަފާރިވެރިންނަށާއި އަދި އާންމުންނަށް ރާއްޖެއަށް އެތެރެ ކުރުން މަނާ ތަކެއްޗާއި، ޚާއްޞަ ހުއްދައެއް ލިބިގެން ނޫނީ ރާއްޖެއަށް އެތެރެ ނުކުރެވޭ ތަކެތީގެ މައުލޫމާތު ލިބޭ އިރު ކަސްޓަމްސްގެ ޤާނޫނީ މަސްޢޫލިއްޔަތު އަދާ ކުރުމުގައި އާންމުންގެ ދައުރު ސާފުވާނެ ކަމަށް ކަސްޓަމުން ބުންޏެވެ.

މި މިޕްރޮގްރާމުގައި، ރާއްޖޭގެ އާބާދީ ބޮޑެތި ބައެއް ރަށްރަށަށް ކަސްޓަމްސްގެ އޮފިސަރުން ޒިޔާރަތްކޮށް އެ ރަށްރަށުގެ ރައްޔިތުންނާއި ސްކޫލް ކުދިންނާ ބައްދަލުކޮށް، މައުލޫމާތު ދިނުމުގެ ޕްރޮގްރާމްތަކެއް ހިންގާ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

އައްޑުއަކީ ވެސް ކަސްޓަމްގެ ދެކުނުގެ މައި އޮފީސް ހިންގަމުން އަންނަ ސަރަހައްދެެވެ.