Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

ހުޅުދޫ ގިރާ ސަރަހައްދު ހިމާޔަތް ކުރަން ތައްޔާރުވެއްޖެ

ހުޅުދު އަށް ދިމާވެފައިވާ ގިރުމުގެ މައްސަލަ ހައްލު ކުރުމުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވެއްޖެ އެވެ.

މިކަމަށް ބޭނުންވާ ތަކެތި ވެސް މިހާރު ވަނީ އެ ރަށަށް ގެންގޮސްފަ އެވެ. އޭގެ ތެރޭގައިި މަސައްކަތަށް ބޭނުންވާ މެޝިނަރީ އާއި އެ ނޫން ވެސް ބައެއް ތަކެތި ހިމެނެ އެވެ.

ހުޅުދޫ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ސަރުކާރުން 22.6 މިލިއަން ރުފިޔާ އަށް ހަވާލުކޮށްފައި ވަނީ އާރްއާރް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ.

އެ ކުންފުންޏާ މި މަޝްރޫއު ހަވާލު ކުރީ ނޮވެމްބަރު 27، 2016 ގަ އެވެ.

މި މަސައްކަތުގެ ދަށުން ހުޅުދޫގައި ކުރިން ހިމާޔަތް ކުރި ގޮނޑުދޮށާއި، ވިދިގެން އެ ހިސާބުން އުތުރަށް އޮންނަ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރާނެ އެވެ. އަދި މި މަސައްކަތުގެ ތެރޭގައި ކުރީގައި ޖަހާފައިވާ ތޮށި މަރާމާތު ވެސް ކުރަން ވަނީ ނިންމައިފަ އެވެ.

މި މަސައްކަތް ފަށާތާ 180 ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.