Last Updated: May 2, 06:02
Thursday, May 2, 2024
ރިޕޯޓް

މަރާމާތަށް ފަހު ލަންކާ އެއާޕޯޓް މާދަމާ ހުޅުވަނީ

ރަންވޭ މަރާމާތުކުރުމުގެ ބޮޑު މަޝްރޫއެއް ނިންމާލުމަށް ފަހު ސްރީލަންކާގެ ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓު މާދަމާ ހުޅުވާނެއެވެ.

ސްރީލަންކާގެ ނޫސްތައް ބުނާ ގޮތުން އެއާޕޯޓުގެ ރަންވޭ މަރާމާތުކުރުމުގެ މަސައްކަތް މިއަދުގެ ނިޔަލަށް ނިމޭނެއެވެ. 3 މަހަށް ދެމިގެން ދިޔަ މަރާމާތަށް ފަހު އެއާޕޯޓް ހުޅުވައި ދެއްވާނީ ލަންކާގެ ޓްރާންސްޕޯޓު މިނިސްޓަރު ނިމާލް ސިރިޕާލަ ޑެސިލްވާ އެވެ.

ޗައިނާގެ އެހީގައި 50 މިލިއަން ޑޮލަރު ހޭދަކޮށްގެން އެއާޕޯޓް މަރާމާތުކޮށް ހުޅުވާއިރު އެ އެއާޕޯޓުގެ ފުޅާމިން ވަނީ 60 މީޓަރުން 75 މީޓަރަށް އިތުރުކޮށްފަ އެވެ. ނަމަވެސް 3350 މީޓަރ ރަންވޭއަށް ދިގުކޮށްފައި ނުވެއެވެ.ގެ

އެއާޕޯޓުގެ ރަންވޭ ރަސްމީކޮށް ހުޅުވުމަށްފަހު، އެއަޕޯޓުގައި އެންމެ ފުރަތަމަ ޖައްސާނީ އިންޑިއާގެ ތިރުވަނަންތަޕޫރަމުން ކޮލޮމްބޯއަށް އަންނަ ސްރީލަންކަން އެއާލައިންސްގެ ފްލައިޓު ޔޫއެލް 1126 އެވެ.

ސްރީލަންކަން އެއާލައިންސް މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ގަމާއި އައްޑޫ އާއި ދެމެދު ދަތުރު ފެށި ނަމަވެސް އެއާޕޯޓް މަސައްކަތް ކުރިއަށްދާތީ ހެދުނު ފުރަން ހަމަޖެހިފައިވާ ފްލައިޓް ފުރަނީ މެންދުރު ފަހުއެވެ. ނަމަވެސް އެއާޕޯޓް ހުޅުވުމާއި އެކު ކުރީގެ ޝެޑިއުލްއަށް ބަދަލު ކުރެވޭނެއެވެ.