Last Updated: June 25, 13:55
Thursday, June 25, 2026
ޚަބަރު

ރާއްޖެ ޓީވީ އެއް މިލިއަން ރުފިޔާއިން ޖުރިމަނާކޮށްފި

ރައީސް އަބްދުﷲ ޔާމީންގެ އަބުރާއި ބެހުނު ކަމަށް ކަޑައަޅައި ރާއްޖެ ޓީވީ އެއް މިލިއަން ރުފިޔާއިން ޖުރިމަނާކޮށްފިއެވެ.

ބްރޮޑްކާސްޓިން ކަމިޝަނުން މިއަދު އާއްމުކުރި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި ބުނެފައިވަނީ 26 އޮކްޓޯބަރު 2016 ވަނަ ދުވަހުގެ ރޭ 23:27 ހާއިރު ރާއްޖެ ޓީވީން ގެނެސްދިން އެމްޔޫއޯގެ ފަރާތުން ބޭއްވި ހަރުގެ ޖަލްސާގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަބުރު ގެއްލޭ ފަދަ ގޮތަކަށް ވާހަކަ ދައްކައިފައިވާ ކޮންޓެންޓެއް ރާއްޖެ ޓީވީ އިން ބްރޯޑްކާސްޓް ކޮށްފައިވާކަމަށް ތުހުމަތުކުރެވޭތީ، އަބުރު ރައްކާތެރި ކޮއްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ 10 ވަނަ މާއްދާގެ (ހ)ގެ 1 އަދި 2 ގައި ބަޔާންކޮއްފައިވާ މިންވަރަށް އަބުރަށް އަރައި ގަނެފައިވާކަމަށް ކޮމިޝަނަށް ގަބޫލުކުރެވޭ މައްސަލައެއް އެ ކޮމިޝަނުން ބަލާފައިވާ ކަމަށެވެ.

އަދި މި މައްސަލައާ ގުޅިގެން ވަކިފަރާތަކަށް ބުރަނުވެ މުސްތަޤިއްލު ތަޙްޤީޤެއް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުންކޮށްފައިވަނީ ތަޙްޤީޤު ކުރެވެމުންދާއިރު ލިބެންޖެހޭ އެންމެހާ ޙައްޤުތައް މައްސަލަ ރައްދުވި ފަރާތަށް ދިނުމަށްފަހު ކަމަށެވެ

ތަފްސީލް އަންނަނީ….