ހިތަދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އަލީ ނިޒާރުގެ މުސާރައިން 50،000ރ. ރާއްޖެ ޓީވީ އަށް ދޭން ނިންމައިފި އެވެ.
މެންބަރު ނިޒާރު ރާއްޖެ ޓީވީގެ އަބުރު ފަންޑަށް މާލީ އެހީއެއް ވެދެއްވަން ނިންމަވާފައި މި ވަނީ ރައީސް އަބްދުﷲ ޔާމީންގެ އަބުރާ ބެހުނު ކަމަށް ކަޑައަޅައި ރާއްޖެ ޓީވީ އެއް މިލިއަން ރުފިޔާއިން ޖުރިމަނާކޮށްފައިވާ ދަނޑިވަޅެއްގައެވެ.
"އަޅުގަނޑުގެ މުސާރައިން 50 ހާސް ރާއްޖެ ޓީވީގެ އަބުރު ފަންޑަށް ދޭން ނިންމައިފިން. ރާއްޖެ ޓީވީ އިން ކުރާ މަސައްކަތްތަކަކީ ގައުމީ ޖިހާދެއް،"
ނިޒާރު ވިދާޅުވެފައިވާ ގޮތުގައި ރާއްޖެ ޓީވީ އިން ކުރާ މަސައްކަތަކީ ގައުމީ ޖިހާދެކެވެ.
މަޖިލިސް މެންބަރަކަށް މަހެއްގެ މައްޗަށް މުސާރަ އާއި އެލަވަންސްތަކުގެ ގޮތުގައި 80000 ދިވެހި ރުފިޔާއަށް ވުރެ ގިނައިން ލިބެއެވެ.