މަސްތުވާތަކެތި ކަމަށް ބެލެވޭ ޕެކެޓާ އެކު ސ. މީދޫން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން އައްޑޫގައި ކުރިއަށް ގެންދާ "އަފިރިންގެ އަމާން އައްޑޫ ސިޓީ" އޮޕަރޭޝަނުގެ ތެރޭގައި ހައްޔަރު މީހާގެ އަތުން މަސްތުވާތަކެތި ކަމަށް ބެެލެވޭ ބްލެޓް ސައިޒުގެ އެއް ޕެކެޓް ފެނިފައިވާ ކަމަށެވެ.
ްއެހެން ނަމަވެސް ހައްޔަރު ކުރި މީހާ އާ ބެހޭ އެެއްވެސް ތަފުސީލެއް ފުލުހުން ނުދެ އެވެ. މި މައްސަލަ މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.