Last Updated: June 26, 14:38
Friday, June 26, 2026
ޚަބަރު

އެމްޑީޕީން ސީދާ ހަރަކާތަށް ނިކުންނަ ނިންމައިފި

ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިރޭ ހައްޔަރުކުރުމާއެކު އިދިކޮޅު އެމްޑީޕީ އިން ސީދާ ހަރަކާތަށް ނިކުތުމަށް ނިންމައިފިއެވެ.

އެމްޑީޕީގެ ކުއްލި ގައުމީ މަޖިލީހަށް އެޕާޓީގެ ގައުމީ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ރައީސް އިބްރާހިމް ވަހީދު ހުށައެޅުއްވި ގަރާރުގައި ބުނެފައިވަނީ ގާނޫނީ ހުއްޖަތެއް ނެތި ގާސިމް ހައްޔަރުކޮށްފައި ވުމުން ސީދާ ހަރަކާތަށް އެމްޑީޕީ އިން ނިކުތުމަށް ގޮވާލާ ކަމަށެވެ.

ގަރާރަށް ބަހުސް ކުރަމުން މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އިމްތިޔާޒް ފަހުމީ ވަނީ ގާސިމް ހައްޔަރުކުރުމުން ވަރަށް ބޮޑަށް ސަރުކާރަށް ފާޑު ވިދާޅުވެފައެވެ. އިންތި ބުނެފައިވަނީ ރާއްޖޭގެ ސިޔާސީ ލީޑަރަކު ރައީސް ޔާމީނާ ދެކޮޅަށް ނިކުންނަ އިރަށް ތާކުންތާކު ނުޖެހޭ ތުހުމަތެއް ކުރުމަށްފަހު ފެންނަނީ ހައްޔަރު ކުރާތަން ކަމަށެވެ.

"ގާސިމް އިބްރާހީމް ހައްޔަރުކުރީ ރައީސް ޔާމީނާ ދެކޮޅަށް ރާއްޖޭގެ އެންމެ މަގުބޫލު ސިޔާސީ ލީޑަރުން ނިކުތުމުން ތާކުންތާކު ނުޖެހޭ ތުހުމަތެއް ކުރުމަށްފަހު. އެހެންނަމަވެސް މިހާރު ހިނގަމުން މިދާ ސިޔާސީ ހަރަކާތްތައް ރައީސް ޔާމީނަށް ދެން ހުއްޓުވާ ނުލެވޭނެ"

މިގަރާރަށް ބަހުސް ކުރަމުން ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އީސާ ވިދާޅުވެފައިވަނީ ގާސިމް އިބްރާހިމް ހިތްވަރު ދޫނުކުރައްވާ ކަމަށާއި އެއްވެސް ރައްޔިތަކު ހިތްވަރު ދޫނުކުރުމަށް އީސާ ގޮވާލާފައިވެއެވެ. އަދި ގާސިމް ފުލުހުން ހައްޔަރުކުރުމުން ނިކުމެވަޑައިގަތީވެސް ހިތްވަރުކުރުމަށް ގޮވާލަމުން ކަމަށް އީސަ ވިދާޅުވިއެވެ.

ސީދާ ހަރަކާތަށް ނިކުންނަން އެމްޑީޕީ ނިންމާފައިވާއިރު އެޕާޓީގެ ރައީސް، މުހައްމަދު ނަޝީދު ވަނީ ހުރިހާ ރައްޔިތުންވެސް ގާސިމް އިބްރާހީމުގެ ހައްގުގައި މަގުމައްޗަށް ނިކުތުމަށް ގޮވާލާފައެވެ.