ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރުކުރި ޚަބަރު އިވިވަޑައިގަތީ ސިހުމެއްގެ ގޮތުގައި ކަމަށާއި އެމަނިކުފާނު ވަގުތުން މިނިވަން ކުރުމަށް ކުރީގެ ރައީސް މައުމޫން މިރޭ ގޮވާލައިފިއެވެ.
މައުމޫން ކުރި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ގާނޫނު އަސާސީ ދަމަހައްޓަން ޖެހޭ ކަމަށާއި ގާނޫނު އަސާސީ ދެމެހެއްޓުމަށް ގާސިމް ދޫކުރަން ޖެހޭ ކަމަށެވެ.
Shocked to learn that JP Leader Hon @qasimibrahim has been arrested. He must be released immediately. Rule of law must prevail.
— Maumoon Abdul Gayoom (@maumoonagayoom) April 6, 2017
ގާސިމް އިބްރާހިމް ހައްޔަރުކޮށްފައިވަނީ ރައީސް މައުމޫނާއި ރައީސް ނަޝީދުގެ އިތުރުން ޝެއިޚް އިމްރާނާއެކު ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނިކޮށެވެ.
މައުމޫންގެ އިތުރުން ނަޝީދު އަދި އިމްރާން އަބްދުﷲ ވެސް ވަނީ މިރޭ ގާސިމް ހައްޔަރުކުރުމާއެކު އޭނާ ވަގުތުން މިނިވަން ކުރުމަށް ގޮވާލާފައެވެ.
މިސަރުކާރުން އިދިކޮޅު ފަރާތްތަކުން ހައްޔަރުކުރުމާއި ކަސްތޮޅު އެޅުވުމާއި ދެކޮޅަށް އެމްޑީޕީ އަދި ޖުމުހޫރީ ޕާޓީގެ ރައްޔިތުން ވަނީ މިހާރު ސީދާ ހަރަކާތަށް ނިކުތުމަށް ނިންމާފައެވެ.