Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ވެމްކޯ އިން އައްޑޫއަށް އިތުރު ވެހިކަލްތަކެއް ގެންނަނީ

ވެމްކޯގެ މެނޭޖިން ޑިރެކްޓަރ ފުއާދު.

ވެމްކޯގެ ފަރާތުން އައްޑޫގެ ކުނި މެނޭޖްކުރުމަށް އިތުރު ވެހިކަލްތަކެއް ގެނައުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށްފައި ވަނީ ވެމްކޯގެ ސައުތް ރީޖަން އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު، އިބްރާހިމް ފުއާދު އެވެ.

ފުއާދު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް 3 މަހެއްހާ ދުވަހުގެ ތެރޭގައި އައްޑޫގެ ކުނި މެނޭޖްކުރުމަށް އިތުރު ވެހިކަލްތަކެއް ގެނައުމަށް ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން ފުވައްމުލައް ސިޓީ އާއި ހުޅުދޫ އަދި މީދޫގައި ނައްތާނުލެވޭ ކުނިތައް އައްޑޫއަށް ޓްރާންސްފާރ ކުރާނެ ކަމަށާއި އެކަމަށް ބޭނުންވާ ވެސަލްތަކަށް ވެސް އޯޑަރު ދީފައިވާ ކަމަށް ފުއާދު ވިދާޅުވިއެވެ.

ފުއާދު ވިދާޅުވި ގޮތުގައި އެ އުޅަނދުތައް ގެންނަން ހަވާލުކުރީ އިންޑިޔާގެ ކުންފުންޏަކާއި ކަމަށާއި މިއަހަރުގެ ސެޕްޓެމްބަރ ހިސާބުގައި ރާއްޖެ ގެނެވޭ ވަރު ވާނެ ކަމަށެވެ.