Last Updated: June 25, 13:55
Thursday, June 25, 2026
ސިޔާސީ

ރައީސް ޔާމީނާ ކުޅެން ނަހަދާތި: އަދުރޭ

ދިވެހި ރައްޔިތުން މިއަދު ތިއްބެވީ ރައީސް އަބްދުﷲ ޔާމީންގެ ފަހަށްޕުޅުގައި ކަމަށާއި، އެ މަނިކުފާނާަ ކުޅުވަން އުޅުއްވުމަކީ ދިވެހި ގައުމާއި ކުޅުއްވަން އުޅުއްވުން ކަމަށް ޕީޕީއެމްގެ ނައިބް ލީޑަރު އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުﷲ އަބްދުއް ރަހީމް (އަދުރޭ) ވިދާޅުވެއްޖެ އެވެ.

ގާނޫނީ ސަރުކާރު ބަދަލުކޮށްލެއްވުމަށާއި، މަޖްލިސް މެމްބަރުންނަށް ރިޝްވަރު ދެއްވައި، ސަލާމަތީ ބާރުތަކަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތުގައި ޖުމްހުރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ފުލުހުން ހައްޔަރު ކޮށްފައިވަނިކޮށް އަދުރޭ ކުރެއްވި ޓްވީޓްގައި ވިދާޅުވީ ރައީސް ޔާމީނާއި ކުޅުއްވަން ނޫޅުއްވުމަށެވެ.

އަދުރޭ އިތުރަށް ވިދާޅުވީ ގާނޫނޫގެ ބާރު ދެމެހެއްޓުމަކީ ވަކި ބަޔަކު ކޮންމެ ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ކުރިއަސް އަޅާ ނުލާ ދޫކޮށްލުންތޯ ސުވާލު އުފައްދާފައެވެ.

އަދުރޭ މިފަދައިން ޓްވީޓް ކޮށްފައިވާއިރު ގާނޫނީ އިމުގެ ތެރެއިން މި ވެރިކަން ވައްޓާލަން ޖެހިދާނެކަމުގެ އިންޒާރު ޖުމްހުރީ ޕާޓީން ވަނީ ދީފައެވެ.