ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރު ކުރީ ގައުމާއި ރައްޔިތުންގެ ހައްގުގައި ތެދުވުމުން ކަމަށް މިސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު ވިދާޅުވެއްޖެއެވެ.
ގައުމުން ބޭރަށް އަމިއްލައަށް އަރުވާލެވިގެން ހުންނެވި ޑރ. ޖަމީލް މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.
Hon. @qasimibrahim hayyaru kurevunee rayyithunnahtakai thedhuvumun.E Manikufaanu ge dhifaaugai dhivehi qawm thedhuvaan jehey. #FreeQasim
— Mohamed Jameel Ahmed (@MJameelAhmed) April 7, 2017
ޖަމީލް އިތުރަށް ވިދާޅުވެފައިވަނީ ރައްޔިތުން ގާސިމް އިބްރާހިމްގެ ހައްގުގައި ތެދުވަން ޖެހޭ ކަމަށެވެ. ގާސިމް މިނިވަން ކުރުމަށް ޖަމީލް ވަނީ މިޓުވީޓުގައި ގޮވާލާފައެވެ.
"ގާސިމް އިބްރާހިމް ހައްޔަރު ކުރެވުނީ ރައްޔިތުންނަށްޓަކައި ތެދުވުމުން. އެމަނކުފާނުގެ ދިފާއުގައި ދިވެހި ގައުމު ތެދުވަން ޖެހޭ"
ގާސިމް އިބްރާހިމް ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންގޮސްފައިވާއިރު މިއަދު 14:30 ގައި މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރު ކުރުމަށް ވަނީ ހަމަޖެހިފައެވެ.