Last Updated: April 30, 14:02
Wednesday, April 30, 2025
ޚަބަރު

ފޭދޫގެ ރައްޔިތުން ނިކުމެ ހޭޅިފަށް ސާފުކޮށް ރުއް އިންދައިފި

ފޭދޫގެ ރައްޔިތުން ނިކުމެ އެރަށު ހޭޅިފަށް ސާފުކޮށް ރުއް އިންދުން.

އައްޑޫ ސިޓީ ފޭދޫގެ ރައްޔިތުން ނިކުމެ އެރަށު ހޭޅިފަށް ސާފުކޮށް ރުއް އިންދައިފިއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ ދުނިޔޭގެ ސިއްޙަތުދުވަސް ފާހަގަ ކުރުމުގެގޮތުން ފޭދޫ ދާއިރާގެ މަޖިލިސް މެންބަރ އިބްރާހިމް ދީދީ އިސްނަންގަވައިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

މި ހަރަކާތަށް ފޭދޫ ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ.

ފޭދޫއިން ބިން ހިއްކި ސަރަހައްދަށް ކުނި އުކާލުމަކީ ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ. ވެމްކޯގެ ސައުތް ރީޖަން އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އައިބީ ވެސް ވަނީ ފޭދޫގެ ހޭޅިފަށަށް ކުނި އުކަމުންދާ ކަން ފާހަގަކުރައްވައި އެކަން އެގޮތަށް ނުކުރުމަށް އިލްތިމާސްކޮށްފައެވެ.