ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދޭ ކަމުގެ ތުހުމަތުގައި މއ. ގުލްޝަންކިނާރާ އިބްރާހިމް އަފްރާތު ހައްޔަރުކޮށްފި އެވެ.
އަފްރާތުގެ މައްޗަށް ކުރަނީ މަޖިލީހުގެ މެންބަރުންނާއި ބައްދަލުކޮށް އެފަދަ ފަރާތްތަކާ ފައިސާ ހަވާލުކުރުމުގެ އެންމެ އިސްދައުރެއް އަދާ ކުރާކަމުގެ ތުހުމަތެވެ.
ރިޝްވަތު ދިނުމުގެ ތުހުމަތުގައި ރޭ ފުލުހުން ވަނީ އަފްރާތް ދިރިއުޅޭ ގެ ވެސް ފާސްކޮށްފައެވެ. އެހެން ނަމަވެސް އެ ގެއިން އެއްވެސް އެއްޗެއް ފުލުހުން ގެންގޮސްފައެއް ނުވެއެވެ.
އަފްރާތަކީ ގއ.ވިލިނގިލީ ދާއިރާގެ މަޖިލިސް މެންބަރު ސައުދު އާއި ގާތް ގުޅުމެއް އޮންނަ މީހެކެވެ.