Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ކުނޫޒު ތެރޭގައި ތިބި މީހުންގެ ގަޔަށް ޕެޕާ ސްޕްރޭ ޖަހައިފި

މާލޭގައި ހުންނަ ޖުމްހޫރީ ޕާޓީގެ ޖަގަހައަށް ފުލުހުން ވަދެ އެތާ ތިބި މީހުންގެ ގަޔަށް ޕެޕާސްޕްރޭ ޖަހައިފިއެވެ.

ފުލުހުން ކުނޫޒަށް ވަދެ ޕެޕާ ސްޕްރޭ ޖަހާފައި ވަނީ އިދިކޮޅު ފަރާތްތަކުން ބާއްވާ ޖަލްސާ ފެށުމަށް ތައްޔާރު ވަމުން ދަނިކޮށެވެ.

ފުލުހުން ޕެޕާސްޕްރޭ ޖެހުމުގެ ސަބަބުން ބައެއް މީހުން ވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައެވެ.

ޖޭޕީގެ ޖަގަހައަށް ވަދެ ޕެޕާ ސްޕްރޭ ޖެެހި މައްސަލައާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަށް ގުޅާލުމުން ވިދާޅުވީ ކަން ހިނގި ގޮތް ބެލުމަށް ފަހު މައުލޫމާތު ދެއްވާނެ ކަމަށެވެ.