Last Updated: June 26, 14:38
Friday, June 26, 2026
މުނިފޫހިފިލުވުން

ފަރަޝްގެ ވަކިވުން ގިނަ ބަޔަކަށް ގަބޫލު ކުރަން ދަތި

މޯލްޑިވިއަން އައިޑޮލް ސީޒަން 2 ގެ ގަދަ އަށަކުން ބެލުންތެރިންނާއި ވަކިވެދިޔަ ފުވައްމުލަކު ސިޓީއަށް ނިސްބަތްވާ އަހުމަދު ފަރާޝް، ޝޯގެ މިހާ ހިސާބުން ވަކިވެދިއުން ގިނަ ބަޔަކަށް ގަބޫލުކުރަން ދަތިވެއްޖެއެވެ.

ބައެއް ސަޕޯޓަރުންގެ ހިތް ކުދިކުދި ވެފައިވާއިރު އެއް ބަޔަކަށް އެއީ އިންސާފުވެރި ނިންމުއް ކަމަށް ނުދެކުވުނެވެ. ތަފާތު ސްޓައިލެއްގެ ލަވަ ބެލުންތެރިންނާއި ހަމައަށް މިސީޒަނުގައި ގެނެސްދީފައިވާ ފަރަޝްގެ އަޑަކީ މޯލްޑިވިއަން އައިޑޮލްގެ ސަޕޯޓަރުން އިވެން ބޭނުންވި އަޑަކަށް ވަނީ ވެފައެވެ.

ނަމަވެސް ޝޯގެ މިހާ ހިސާބުން ފަރަޝްގެ އަޑު ކެނޑިގެން ދިޔަނަމަވެސް ދިވެހި މިއުޒިކީ ދުނިޔެއިން ފަރަޝްގެ އަޑު ކެނޑިގެން ނުދާނެ ކަމަށް އޭނާ ބުނެފައިވެއެވެ.

ގިނަ ބަޔެއްގެ ހިތް އަތުލައިގެންފައިވާ ޒުވާން ލަވަކިޔުންތެރިޔާގެ އިތުރު ލަވަތައް އަޑު އިވުމަށް އޭނާގެ ސަޕޯޓަރުން ވަނީ މިހާރު ކެތްމަދުވެފަ އެވެ.

ސަޕޯޓަރުންގެ އެދުމަކަށް ވެފައިވަނީ ވީހާވެސް އަވަސް މުސްތަގުބަލެއްގައި ފަރަޝްގެ އަޑު އަނެއްކާވެސް ޓީވީ ތަކާއި ރޭޑިއޯ ތަކާއި ރައްޓެހި އަޑަކަށް ވުމަށެވެ.

ރޭގެ ޝޯގައި ފަރަޝްގެ އިތުރުން ވަކިވެ ގޮސްފައިވަނީ އައްޑުއަށް ނިސްބަތްވާ އަދި މުބާރާތުގައި ހިމެނޭ ހަމައެކަނި އަންހެން ބައިވެރިޔާ ޖައިޝާ ވަހީދު (ޖައި) އެވެ.