50 މިލިއަން ޑޮލަރު ދިން ނަމަވެސް އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިނުގަންނަވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހަންމަދު އަބްދުﷲ (މުހަންމާ) ވިދާޅުވެއްޖެ އެވެ.
މުހަންމާ މިހެން ވިދާޅުވެފައި ވާއިރު އޭނާ ޖުމްހޫރީ ޕާޓީއަށް ސޮއި ކުރަން އުޅޭ ކަމަށް ސޯޝަލް މީޑިއާގައި ދަނީ ވާހަކަ ދެކެވެމުންނެވެ.
އިހަވަންދޫ ދާއިރާ އަށް މުހަންމާ ހޮވިވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ޓިކެޓްގަ އެވެ.
އެހެން ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި މުހަންމާ ވިދާޅުވެފައި ވަނީ ޕީޕީއެމްއާ ރައީސް ޔާމީންއާއެކު ސާބިތު ކަމާއެކު ހުންނަވާނެ ކަމަށާއި ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކަކީ ޕީޕީއެމް ބައިބައިކޮށްލުމުގެ ނިޔަތުގައި ބަޔަކު ދައްކާ ދޮގު ވާހަކަތަކެއް ކަމަށެވެ.
ރިޝްވަތު ދީގެން މެންބަރުން ގަތުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރާކަން ފާހަގަކުރައްވައި މުހުންމާ ވިދާޅުވެފައި ވަނީ އެ ފައިސާގައި ހިފުމަކީ އެ މެންބަރަކު ތަމްސީލު ކުރާ ދާއިރާއަށް އިހުމާލުވުން ކަމަށެވެ.
އިހަވަންދޫ ދާއިރާ އަށް މުހަންމާ ހޮވިވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ޓިކެޓަކުންނެވެ. ނަމަވެސް އޭގެ ފަހުން އޭނާ ވަނީ ޕީޕީއެމާ ގުޅިވަޑައިގެންފަ އެވެ.