Last Updated: May 19, 06:08
Sunday, May 19, 2024
ސިޔާސީ

ނަޝީދުގެ ދެވަނަ ޝަރީއަތް އަނެއްކާ ވެސް ތާވަލްކޮށްފި

ޓެރަރިޒަމް ދައުވާ ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އުފުލާފައިވާ ދެވަނަ ޓެރަރިޒަމް ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް ދެވަނަ ފަހަރަށް އަނެއްކާވެސް ތާވަލްކޮށްފި އެވެ.

ނަޝީދުގެ މައްޗަށް ދެވަނަ ޓެރަރިޒަމް ދައުވާއެއް އުފުލާފައި މިވަނީ މިހާރުގެ ރައީސް އަބްދުﷲ ޔާމީން 14 ޖުލައި 2010 ދުވަހުގެ ރޭ ހައްޔަރުކޮށް އާރަށުގައި ބެހެއްޓި މައްސަލާގައެވެ.

އެ މައްސަލަ ޕީޖީން ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ.

އެ މައްސަލައިގެ ފުރަތަމަ އަޑު އެހުން މިދިޔަ މަހުގެ 29 ވަނަ ދުވަހު ތާވަލް ކުރި އެވެ.

ނަމަވެސް ރައީސް ނަޝީދަށް ޗިޓް ހަވާލުކުރެވޭ ގޮތް ވެފައި ނުވާތީ އެ ދުވަހުގެ އަޑުއެހުން ވަނީ ކެންސަލް ކޮށްފަ އެވެ.

ނަޝީދު ބޭސް ފަރުވާއަކަށް ރާއްޖޭން ބޭރަށް ވަޑައިގެންނެވި ގޮތަށް އިނގިރޭސި ވިލާތުން ސިޔާސީ ހިމާޔަތް ހޯއްދަަވައިގެން ދިރިއުޅުއްވަމުންގެންދަވަނީ އިނގިރޭސިވިލާތުގައެވެ. އަދި ދޭތެރެ ދޭތެރެއިން އަވައްޓެރި ލަންކާއަށް ވަޑައިގަންނަވައެވެ.

މިހާރު ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލަ ސާބިތުވެއްޖެނަމަ މަދުވެގެން 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ