Last Updated: June 25, 13:55
Thursday, June 25, 2026
ޚަބަރު

ގާސިމް ހައްޔަރު ކުރި މައްސަލަ އިސްތިއުނާފްކޮށްފި

ވިލާ ގުރޫޕްގެ ޗެއާމަން ގާސިމް އިބްރާހީމް -- ވީފޮޓޯ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ހައްޔަރުކޮށް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު، ހައިކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ.

ގާސިމް އިބްރާހީމްގެ ބަންދަށް ކްރިމިނަލް ކޯޓުން ހަ ދުވަސް ދީފައި މިވަނީ އެމަނިކުފާނުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ފުލުހުން ހުކުރުދުވަހު، އެމަނިކުފާނު ކޯޓަށް ހާޒިރުކުރުމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓާއި ދިމާކޮށް މަޖްލިސް މެމްބަރުންނަށް ރިޝްވަތު ދެއްވުމަށް މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތުގައި ގާސިމް ހައްޔަރު ކޮށްފައިވާ އިރު އިތުރު ދެ ތުހުމަތެއްވެސް އެމަނިކުފާންގެ މައްޗަށް ކުރެއެވެ. އެއީ ގާނޫނީ ސަރުކާރު ބަދަލު ކުރުމަށް މަސައްކަތް ކުރުމާއި ފުލުހުންނާއި ސިފައިންނަށް ނުޒޫފު ފޯރުވުމަށް މަސައްކަތް ކުރި ކަމުގެ ތުހުމަތެވެ.

ގާސިމް މިވަގުތު ހުންނެވީ ދޫނިދޫގައެވެ.